އިންޑިއާގައި ބާއްވާ “އެޑެކްސް އިންޑިއާ އޯޝަން ފެސްޓިވަލް މުމްބާއީ ޑައިވްޝޯވް 2019″ގައި އައްޑޫޑައިވް އިން ބައިވެރިވެއްޖެއެވެ.
އޮކްޓޯބަރ 06 އިން 04 އަށް އިންޑިއާގެ މުމްބާއީ ގައި ބާއްވަން ހަމަ ޖެހިފައިވާ ޑައިވްޝޯވްގައި އައްޑޫ ސިޓީން ބައިވެރިވެފައިވާ ހަމަ އެކަނި ފަރާތަކީ އައްޑޫޑައިވް ކަމަށް އެފަރާތުން ހާމަކުރެއެވެ. އައްޑޫ ޑައިވްގެ ޑިރެކްޓަރ ހުސަން ހާމަ ކުރައްވާ ގޮތުގައި މި ފެސްޓިވަލްގައި އެބޭފުޅުން ތަމްސީލް ކުރާނީ މުޅި އައްޑޫ ސިޓީއެވެ.
މި ފެސްޓިވަލްގައި ބައިވެރި ވުމުގެ އެއްމެ ބޮޑު މަޤުޞަދަކީ،އައްޑޫގައި ކުރިއަރަމުންދާ ލޯކަލް ޓޫރިޒަމް ކޮންސެޕްޓް ބައިނަލް އަޤުވާމީ ފަރާތްތަކަށް ވިއްކުމާއެކު މިވަގުތަށް ބަލާއިރު އިންޑިއާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންއަންނާތީ އިންޑިއާގެ ފަތުވެރިން ރާއްޖެއަށް ، އަދި ވަކިން ޚާއްޞަކޮށް އައްޑުއަށް އައުން އިތުރުކުރުން ކަމުގައި އައްޑޫޑައިވުން މަޢުލޫމާތުދެއެވެ.
އައްޑޫ ސިޓީގެ ފޭދޫގައި ހުންނަ އައްޑޫ ޑައިވަކީ ޕަޑި ފަސްތަރީގެ ޑައިވިންގ ސެންޓަރެކެވެ.ޑައިވް ކުރުމަށް ޝަވްޤުވެރިކަން ހުރި ކޮއްމެ ފަރާތަކަށް މިސެންޓަރުންޑައިވް ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ޑައިވް ސެންޓަރުން ހާމަކުރެއެވެ. އަދި ދިވެހިންނަށް ވަކި ޚާއްޞަ ޕެކޭޖްތަކެއް ހެދިފައިވާ ކަމަށާއި، ސްކޫލް ނިއްމާ، މިދާއިރާއަށް ވަނުމަށް ޝަވްޤުވެރިކަން ހުރިފަރާތްތަކަށް އެފުރުޞަތު ވެސް އޮތްކަމަށް އެފަރާތުން ވަނީ ހާމަކޮށްފައެވެ. އަދި ކައިރި މުސްތަޤުބަލެއްގައި ޑައިވިންގ ކޯސްތައް ތަޢާރަފްކުރެވޭނެ ކަމަށްވެސް ޑައިވްސެންޓަރުގެ ޑިރެކްޓަރ ހުސަން ހާމަކުރެއްވިއެވެ.
“އައްޑޫ ޑައިވް “އިން މި ފެސްޓިވަލްގައި ބައިވެރިވެފައިވާ އިރު މަރަދޫ ފޭދޫގައި ހުންނަ މި އައްޑޫޑައިވްގެ ގެސްޓް ހައުސް “ވޭވް ސައުންޑް” ވަނީ މޯލްޑިވްސް ޓްރެވަލް އެވާރޑް ގެސްޓް ހައުސް އެޑިޝަން 2019 ގެ ދެ ކެޓަގަރީ އަކަށް ނޮމިނޭޓް ވެފައެވެ.އެއީ ” ލީޑިން އީކޯ ފްރެންޑްލީ ގެސްޓް ހައުސް އަދި ލީޑިން ގެސްޓް ހައުސް ސައުތްމޯލްޑިވްސް” މި ދެކެޓަގަރީއެވެ