English Edition
Dhivehi Edition
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަންގައި ތްރީ އެސްގެ ވޭވް ސައުންޑުގެ ފަރާތުން، ޑިރެކްޓަރ ޝަރަފުޒާދު އެވޯޑާ ހަވާލުވަނީ

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި ލީޑީން އެކޯ-ފްރެންޑްލީ ގެސްޓް ހައުސްގެ އެވޯޑު އައްޑޫސިޓީގައި ހިންގަމުން އަންނަ ތްރީ އެސް ވޭވް ސައުންޑަށް ލިބިއްޖެއެވެ.

ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަންގައި ތްރީ އެސްގެ ފަރާތުން މި އެވޯޑާ ހަވާލުވީ ވޭވްސައުންޑުގެ ޑިރެކްޓަރ ޝަރަފުޒާދު ސަޢީދެވެ.

2017 ވަނަ އަހަރު ހުޅުވައިގެން ޚިދުމަތް ދެމުން އަންނަ ވޭވް ސައުންޑް ގެސްޓް ހައުސް އަކީ އައްޑޫއަށް އަންނަ ގިނަ ފަތުރުވެރިން އެތަނުގައި ތިބުމަށް ބޭނުންވާ ގުދުރަތީ ރީތިކަން ހާމަވާ ގޮތަށް ހަދާފައިވާ ހިތްގައިމު ގެސްޓްހައުސް އެކެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ގައި ގެސްޓްހައުސް އެވޯޑަށް 14ކެޓަގަރީ އަކުން 96 ފަރާތެއް ވަނީ ނޮމިނޭޓުވެފައެވެ. ގެސްޓްހައުސް އެޑިޝަނުގެ އެވޯޑު ދީފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގާ ގެސްޓްހައުސްތަކުގެ ތެރެއިން ކޮންމެ ސަރަހައްދަކުންވެސް އެއްވަނަ ގެސްޓްހައުސް އާއި ހުޅުމާލޭގެ އެއްވަނަ ގެސްޓްހައުސް އަށެވެ.

އެގޮތުން ، ލީޑިންގެ ގެސްޓްހައުސްއާއި، ލީޑިންގ އެކޯ ފްރެންޑްލީ ގެސްޓްހައުސް، ލީޑިންގ ފުޑް އެންޑް ބެވަރޭޖް ގެސްޓްހައުސް، ލީޑިން ބިޒްނަސް ގެސްޓްހައުސް، ލީޑިން އެޑްވެންޗާ ގެސްޓްހައުސް، ލީޑިން ބީޗް އައިލެންޑް އަދި ލީޑިން ގެސްޓްހައުސް އައިލެންޑް ވަނީ ހޮވާފައެވެ.

ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކުގެ އަގުވަޒަންކޮށް އެވޯޭޑު ދޭން ފަށާފައިވަނީ 2017 ވަނަ އަހަރު އެވެ. މިއީ ގެސްޓްހައުސްތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.