English Edition
Dhivehi Edition

ސަރުކާރުގެ ހުރިހާ މުޢައްސަސާއަކުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނަށް ދޭންޖެހޭ އެއްބާރުލުން ދެމުން ގެންދާނެ ކަމަށާއި، އެކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ޤާނޫނީ ބާރު ދީފައި ރިޔާސީ ކޮމިޝަނެއް އެކުލަވާލީ ވަރަށް މުހިންމު އަދި މާތް މަޤްޞަދެއްގައި ކަމަށެވެ. ރައީސް ވިދާޅުވީ އޭގެ ތެރެއިން އެއްކަމަކީ ވީނުވީއެއް ނޭނގި ގެއްލިފައިވާ ރިޟުވާނަށް ވީގޮތެއް ހޯދައި އެކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެސް އަދި އެފަދަ ކަންތައްތައް ކުރިޔަށް އޮތްތަނުގައި ރާއްޖޭގައި ތަކުރާރުވިޔަ ނުދިނުމަށް ކުރަން ޖެހޭ ކަންތައްތަކަކީ ކޮބައިތޯ ބަލައި އެކަންތައްތައް ކުރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޟްވާންގެ މައްސަލަޔާ ގުޅޭގޮތުން 2 ޑްރާފްޓް ރިޕޯޓެއް އެކުލަވާލައްވައި ކޮމިޝަނުން އެމަނިކުފާނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.