English Edition
Dhivehi Edition

މަސްވެރިޔަކަށް މަހަކު -/30،000 ރުފިޔާ ލިބޭގޮތް ހަދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުލްﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.

ޖާބިރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަސްވެރިކަމުގެ ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނެވެ. ޖާބިރު އެ ބިލާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ވިދާޅުވީ އެ ބިލުގައި މަސްވެރިކަމުން ފައިސާއެއް ލިބޭގޮތެއް ބިލުގައި ނެތްކަމަށެވެ.

މިއަދު ޖާބިރު ވިދާޅުވީ މަސްވެރިކަމުގެ ބިލް އޮތީ ފަހަތަށްދާ ގޮތަށްކަމަށެވެ. އަދި ކުރިއަށްދާނޭ ގޮތެއް، ފައިސާ ލިބޭނޭގޮތެއް ހިމަނާފައި ނެތްކަމަށް ޖާބިރު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ޖާބިރު ވަނީ ރައީސް ނަޝީދު ގެ ވެރިކަމުގައި ކެބިނެޓް ކަނޑު އަޑީގައި ބައްދަލުކުރެއްވި ގޮތަށް މަޖިލިސް ޖަލްސާއެއް ކަނޑު އަޑީގައި ބޭއްވުމަށް ވެސް އެދިލައްވާފަ އެވެ.

ޓެގު