English Edition
Dhivehi Edition

އއ. މަތިވެރީ ގެ ކްލަބް މޯލްޑިވްސް (ކަސާ މިއާ މޯލްޑިވްސް) ގެސްޓް ހައުސްއެއްގައި ގަސްތުގައި އަލިފާން ރޯކޮށްލީކަމަށް ކާށިދޫ ދާއިރާގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރައްވާފައިވާ އަބްދުﷲ ޖާބިރު ތުހުމަތުކުރައްވައިފިއެވެ.

އއ. މަތިވެރީގައި ޖާބިރު ހިންގުމަށް ތައްޔާރުވަމުންދިޔަ ގެސްޓު ހައުސްގައި ރޯކޮށްލި މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާއިރު ޖާބިރު ވިދާޅުވީ،އެ ގެސްޓް ހައުސްއަކީ އޭނާ އެ ރަށު މީހެއްގެ އަތުން ގަނެފައިވާ ގެސްޓް ހައުސްއެއް ކަމަށެވެ. އަދި މީގެ ހަފްތާއެއްހާ ދުވަސް ކުރިން ގެސްޓް ހައުސްގެ ހުރިހާ ޕޭމަންޓެއް ވެސް ދައްކައި ހަލާސް ކޮށްފަައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. މީގެ އިތުރުން ޖާބިރު ވިދާޅުވީ ގެސްޓް ހައުސްގައި ރޯކޮށްލާފައިވަނީ ޢެތަން ހުޅުވަން ރެޑީކޮށް އެތައް މިލިއަން ޑޮލަރެއް އިންވެސްޓްކޮށްފައި ވަނިކޮށްކަމަށެވެ.

ޖާބިރު ހިންގުމަށް ތައްޔާރުވަމުން ދިޔަ ގެސްޓް ހައުސްގެ އެގްރީމެންޓް ބާތިލް ކޮށް އެ ތަން އޭނާގެ އަތުން ނެގުމަށް އެރަށުގެ ކައުންސިލުން މަސައްކަތް ކުރަމުން އަންނަކަން ފާހަނގަކުރައްވާ ޖާބިރު ވިދާޅުވީ ކައުންސިލްގެ ރައީސާއި ކައުންސިލްގައި ދެން ތިބި މެންބަރުން އޭނާގެ އަތުން އެތަން އަތުލައި އެހެން މީހަކަށް ދިނުމަށް މަސައްކަތްކޮށްފައިވާކަމަށެވެ.

މިހާރު މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު ރޯކޮށްލުމުގެ ސަބަބުން ގެސްޓްހައުސްއަށް ލިބުނު ގެއްލުން އަދި އެގިފައެއް ނުވެއެވެ.

ޓެގު