English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޔޮޓުޓުއާސް މޯލްޑިވްސްގެ ޗެއާމަން އަބްދުﷲ ޖާބިރަކީ ކުރިން ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތަށް ހެސްކިޔައިފައި ތާއީދުކުރެއްވި ބޭފުޅެކެވެ. އެހެންނަމަވެސް މިހާރު އެވާހަކަތައް ބަދަލު ވެއްޖެއެވެ.

ވާހަކަތައް ބަދަލުވި އެއްސަބަބު ކަމަށްވަނީ އޭނާ ސަރުކާރަށް ދައްކަންޖެހޭ ފައިސާތަކެއް ނުދައްކައިގެން އެކަމާ ސަރުކާރުން ފިޔަވަޅު އެޅުމުންނެވެ. އެ ފައިސާ ނުދައްކައިގެން މީރާއިންވަނީ މިއަހަރުގެ މާރިޗުމަހު ޔޮޓްޓުއާޒްގެ އެކަންއުންޓްތައް ފްރީޒްކޮށްފައެވެ. އެކަން ކޮށްފައިވަނީ މާރިޗު ވިހު ނުވަތަ އެކާވީސްވަނަ ދުވަހުއެވެ.

އެކައުންޓުތައް މީރާއިން ފްރީޒްކުރީ އެއިދާރާއަށް ޖާބިރު ދައްކަންޖެހޭ ޓްކްސް ފައިސާ ނުދައްކައިގެން ކަމަށްވެއެވެ. އެހެންނަމަވެސް ޖާބިރު ވިދާޅުވެފައިވަނީ އެ އިދާރާ އަށް ދައްކަންޖެހޭ ޓެކްސް އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ. އެފަދަ ފައިސާއެއް ދައްކަން ނުޖެހޭނެ ކަމުގެ ޔަގީންކަން އޭނާ ދީފައިވެއެވެ.

ޖާބީރު އެހެން ވިދާޅުވިޔަސް ޒިންމާދާރު ސަރުކާރެއްގެ ޒިންމާދާރު މިނިވަން މުއައްސަސާއަކުން ޖާބިރުދޭން ނުޖެހޭ ފައިސާތަކެއް ހޯދަން މަސައްކަތެއް ނުކުރާނެއެވެ. އެއީ އިންސީ ބުއްދި ގަބޫލުކުރާ ޒާތުގެ ވާހަކައެއްނޫނެވެ.

ޖާބިރަކީ ރިސޯޓުތައް ހިންގަވާ ވިޔަފާރިވެރިއެކެވެ. މުއްސަނދި މަހުޖަނެކެވެ. އެހެންވީމައި ޓެކްސް ފައިސާ ހަމަ ދައްކަންޖެހޭނެއެވެ. އޭނާ ވިދާޅުވެފައިވަނީ އެފަހަރު އެކައުންޓުތައް ފްރީޒްކުރީ އަލިދު އާއި ބީނާފުށި ރިސޯޓާއި، ކަނޑާލި ފިނޮޅުގެ ކުއްޔާއި ޖުރިމަނާ ފައިސާ ނުދައްކާތީ ކަމަށެވެ.

ބިނާފުށްޓާއި، ކަނޑާލި ފިނޮޅު ސާރުކާރުންވަނ ޖާބީރު އަތުން އަތުލައިފައެވެ. އެއީ ކުލި ނުދައްކައިގެންނެވެ. އެ މައްސަލަ ކޯޓަށް ވެއްދުމުން ކޯޓުން ނިންމާފައިވަނީ އެރަށްތައް ސަރުކާރުން އަތުލައިފައިވަނީ ރަނގަޅަށް ކަމަށެވެ. ކުލި ނުދައްކާ ނަމަ އެއްބަސްވުން ބާތިލް ކުރުމުގެ ބާރު ދައުލަތަށް އޮންނާނެ ކަމަށްވެސް ކޯޓުން ނިންމާފައިވެއެވެ. އަދި ކުއްޔާއި ޖޫރިމަނާފައިސާ ދައްކައިފައި ނުވާކަމަށްވެސް ކޯޓުންވަނީ ހުކުމްކޮށްފައެވެ.

ޖާބިރު މިހާރު ދިރިއުޅުއްވަނީ ރާއްޖެއިން ބޭރުގައެވެ. އޭނާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑުވައިޒަރުވެސްމެއެވެ. އޭނާގެ މައްޗަށް އަނެއްކާވެސް ބޮޑު ދައުވާއެއް މީރާއިންވަނީ ކޯޓަށް ހުށަހަޅައިފައެވެ. އެއީ ޔޮޓް ޓުއާސްއިން ތިން މިލިއަން ޑޮލަރު ހޯދުމަށް ކޮށްފައިވާ ދައުވާއެވެ. އެދައުވާ ކޮށްފައިވަނީ މިއަހަރު މެއި މަހުގައެވެ. ތިން މިލިއަން ޑޮލަރަކީ 45 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. ޖާބިރަކީ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ ރާއްޖެއިން ބޭރުގައެވެ. މިފަހަރުވެސް ދައުވާކުރީ އަލިދޫ ރިސޯޓާއި ކުރިން ޔޮޓް ޓުއާޒް އަށް ދޫކުރި ބީނާފުށި އަދި ކަނޑާލި ފިނޮޅުގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށެވެ. ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއްނެތް ކަމަށް ޖާބިރު ވިދާޅުވިޔަސް މިފަހަރު މީރާއިން މައްސަލަ ހައިކޯޓަށް ހުށަހެޅީ ކޮންމެވެސް ކަމެއްވެގެންތާއެވެ. އެވަރުންވެސް ދައްކަންޖެހޭ ފައިސާއެއްނެތޭ ޖާބިރު ވިދާޅުވިޔަސް ގަބޫލުކުރާނީ ކޮންބައެއް ހެއްޔެވެ؟

ބީނާފުށްޓާއި ކަނޑާލި ފިނޮޅު ސަރުކާރުން ކުރިން ވަނީ އަތުލައިފަ އެވެ. އެތަން އަތުލީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.

އެކައުންޓްތައް ފްރީޒް ކުރުމުން ޖާބިރު ވަނީ ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެކަމަކު އެއީ ހައްލެއް ނޫނެވެ. ހައްލަކަށްވާނީ ސަރުކާރަށް ދަރަނިވެރިވެފައިވާ ކަމަށް ގަބޫލުކޮށް އެ ފައިސާ ދެއްކުމެވެ. އެފައިސާ އަކީ ސަރުކާރުން ރައްޔިތުންގެ ތަރައްގީއަށް ހޭދަކުރާ ފައިސާއެވެ. ބަނދަރުތަކާއި ނަރުދަމާއި މަގުހެދުމަށް ހޭދަކުރާ ފައިސާއެވެ. އެހެންކަމުން ޖާބިރު އަދިވެސް ސަރުކާރަށް ދެއްވަންހުރި ފައިސާއެއްވާ ކަމަށްވާނަމަ އުޒުރު ދައްކަވައިގެން މަޑު ނުކުރައްވައި މީރާއަށް އެފައިސާ ދައްކައި ޚަލާސް ކުރަން އެބަޖެހެއެވެ. ނުކޮށްފި ކަމަށްވާނަމަ ހުރިހާ ގެއްލުމެށް އަނެއްކާ ދިވެހި ރައްޔިތުންނަށެވެ. ތަރައްގީއަށް ހިންގާ މަޝްރޫއުތަކަށެވެ.

ތިމާކުރާ ނޭދެވޭ ކަންކަމާމެދު ސަރުކާރުން ފިޔަވަޅު އެޅުމުން ސަރުކާރު ބަދުނާމު ނުކޮށް ތިމާ ދައްކަންޖެހޭ އެއްޗެއް ދައްކައި ޚަލާސް ކުރުން ބުއްދިވެރިއެވެ. އެހެން ގޮތަކަށް ބުނާ ކަމަށްވާނަމަ “ހިނގަމުންދާއިރު ގުއިތަފާއްޔަކަށް އެރިއްޖެކަން އެނގުމުން ދެން އެންމެ ރަނގަޅުވާނީ އެ ސާފުކޮށްގެން އުޅުމެވެ. އެހެން ނޫނީ ތިމާ ހިނގާ ކޮންމެތަނެއްގައި ގުއިހޭކޭނެއެވެ.”

 

ޓެގު