English Edition
Dhivehi Edition

19 ވަނަ ރައްޔަތުންގެ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވާނެކަމަށް ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުއްﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ “ފަށާއިރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖާބިރުވަނީ ރައްޔަތުންގެ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލެއްވުމުގެ ޝައުގުހުރިކަމަށް ވިދާޅުވެފައެވެ. އަދި އެ މަގާމަށް ކުރިމަތިލެއްވުމަށް ތައްޔާރުވަމުންދާ ކަމުގައި ޖާބިރުވަނީ ވިދާޅުވެފައެވެ މީގެ އިތުރުން ޖާބިރު ވިދާޅުވީ އަސްލަމް މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ހުރެއްޖެނަމަ، ދެން އޮންނާނީ ދެ ބޭފުޅުންގެ ދެމެދުގައި ކޮމްޕެޓިޝަނެއް ކަމަށެވެ. “ކުރިމަތިލި ކަމެއް ވެއްޖިއްޔާމު މިހާތަނަށް ކާމިޔާބު ކޮށްފަވާނީ. އެހެންކަމުން މަޖިލިސްގެ ރައީސްކަމުގެ ރޭހުގައި ވެސް ކާމިޔާބު ހޯދާނަން” ޖާބިރު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީއިން ބަލިވުމާއި ގުޅިގެން އަމިއްލަ ގޮތުން މަޖިލީސް އިންތިހާބުގައި ވާދަކުރެއްވި ޖާބިރު ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް ނަޝީދާއިވެސް މަޝްވަރާކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ފަރާތަކުން ވިދާޅުވިޔަސް ރައީސް ކަމަށް ކުރިމަތިނުލައްވާ ދޫކޮށް ނުލައްވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އިންތިހާބުގެ ކުރިންވެސް ޖާބިރުވަނީ ރައްޔަތުންގެ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވާނެކަމަށް ވިދާޅުވެފައެވެ. މި ގޮތުން އޭރު ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާނެ ކަމަށާއި އޭގެ އެންމެ ފުރަތަމަ ފިޔަވަޅަކީ ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުން ކަމަށެވެ.

 

ޓެގު