English Edition
Dhivehi Edition

ރާއްޖޭގައި ކަސީނޯ އަޅަން ހުއްދަ ދޭނެކަމަށް 19 ވަނަ ރައްޔަތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުއްﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އިންތިޚާބުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ޓީވީއަކަށް ދެއްވި އިންޓަރވިއުއެއްގައި ރާއްޖެޓީވީ “ފަށާއިރު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަޝްހޫރު ވިޔަފާރިވެރިޔާ ޖާބިރުވަނީ ރާއްޖޭގައި ޓޫރިޒަމް ފުޅާކުރާނެ ގޮތްތަކާއި ބެހޭ ގޮތުން ވާހަކަދައްކާފައެވެ. މި ޕްރޮގާރާމްގައި ވާހަކަދައްކަމުން ޖާބިރު ވަނީ ރާއްޖޭގައި ޓުއަރިޒަމް ތަރައްގީ ކުރުމަށް ގިނަ ކަންތައްތަކެއް ކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ. މި ގޮތުން ގާނޫނުތަކަށް ބަދަލުގެނެސް މިޔަރު އަދި ކަހަނބު ނަގަން ހުއްދަކުރައްވާނެ ކަމަށްވެސް ޖާބިރުވަނީ ވިދާޅުވެފައެވެ.

ނިމިގެން ދިޔަ މަޖިލީސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ޖާބިރު ވިދާޅުވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވުނަސް، ހުންނަވާނީ އެމްޑީޕީ އާއި ރައީސް އިބްރާހިމް މުހަންމަދު ސޯލިހާ އެކު ކަމަށެވެ. މީގެ އިތުރުން މަޖިލީހުގެ ރައީސްކަމަށް ވަޑައިގަތުމަށް ޝައުގުވެރިކަން ފާޅުކުރައްވަމުން ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާނެކަމަށާއި މިހާތަނަށް ކުރިމަތިލެއްވި ކޮންމެ ކަމެއްވެސް ކާމިޔާބުކުރައްވާފައިވާ ކަމަށެވެ.

ޓެގު