English Edition
Dhivehi Edition

މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން އަބްދުލްﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟްވާން އަބްދުﷲ ގެ އާއިލާ އާއި ބައްދަލުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ ހޯމް މިނިސްޓަރ އާއި ޕޮލިސް ކޮމިޝަނަރ މިއަދު ހެނދުނު ރިލްވާންގެ އާއިލާ އާއި ބައްދަލު ކޮށްފައިވާ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހާރު ވަނީ މަރުވެފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ފާހަގަ ކޮށްފައިވާ ކަންތައްތަކާއި ބެހޭ ގޮތުން މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީ އާއި މަޝްވަރާ ކުރުމަށް އެކޮމެޓީ އާއި ބައްދަލުކުރުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް މަޖިލީހުގައި އެދިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކޮމިޝަނުން އަދިވެސް އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މިމައްސަލައާއި ގުޅިގެން ބައެއް މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައި ވާކަމަށް އެ ކޮމިޝަނުން ވިދާޅުވިއެެވެ.