English Edition
Dhivehi Edition

ގައުމު ވެއްޓިފައިއޮތް ހިސާބުން ކުރިއަށް ގެންދެވޭނީ މިއަހަރު ސްޓޭބަލް ސަރުކާރެއް ގާއިމްކުރެވިގެންކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާގައި އެމަނިކުފާނުގެ ވިސްނުންފުޅު ހާމަކުރައްވައި ފުލުފުލުން ކުރައްވަމުން ގެންދަވާ ޓުވީޓްތަކުގެ ތެރެއިން ކުރެއްވި ޓުވިޓެއްގައި އިމްރާން ވިދާޅުވީ ގައުމު ވެއްޓިފައިއޮތް ހިސާބުން ކުރިއަށް ގެންދެވޭނީ މިއަހަރު ސްޓޭބަލް ސަރުކާރެއް ގާއިމްކުރެވިގެންކަމަށާއި އެ ފޯމިއުލާގެ މަންޒަރު މިދަނީ ކުރެހި ކުލަޖެހެމުންކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތްކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ދިން ދައުވަތު ގަބޫލުކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް މިއަހަރުގެ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އަދާލަތު ޕާޓީއާއި ޕާޓީގެ ރައީސް އިމްރާން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހާއިއެކު ގުޅިގެން މަސައްކަތްކުރުމަށް އިޖާބަދީ ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމި ނިންމުމުގައިވަނީ މިވަގުތުގެ ހާލަތުގައި މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތްގޮތަކީ ވެސް އަދި އެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް އަދާލަތު ޕާޓީއަށް މަސައްކަތްކުރެވެން އޮތީ ވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހު އިންތިހާބު ކޮށްގެންކަމަށް ފެންނާތީ ކޯލިޝަނަކަށް މަރުހަބާކިޔާފައިވާކަމަށެވެ.

އެމްޑީޕީއާއިއެކު ކޯލިޝަނެއް ހެދުމަށް ހުށައެޅި ހުށައެޅުން މިހާތަނަށް ގަބޫލުކޮށްފައިވަނީ އަދާލަތު ޕާޓީގެ އިތުރުން ވިޔަފާރިވެރިޔާ އަހުމަދު ޝިޔާމްގެ އެމްޑީއޭއިންނެވެ.