English Edition
Dhivehi Edition

ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒްގެ ފަރާތުން އައްޑޫސިޓީ ހިތަދޫ ކެމްޕަސް ގައި ހިންގާ ނިޔަމި ކަމުގެ ސެޓްފިކެޓް 2 ގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިއަދަށް ހަމަވާނެއެވެ. މިމަހުގެ 7 ން 10 އަށް ހިންގާ މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިއަދު މެންދުރު 12.00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިއެކިއުންތައް ހިތަދޫ ކެމްޕަސް އަށް ނުވަތަ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒް،ވިލިމާލެއަށް ހުށަހެޅުމަށް ސީއެމް ސީ އިން ނެރުނު އިޢުލާނެއްގައި ބުނެފައިވެއެވެ.

މިކޯހުގެ އެޕްލިކޭޝަން ފޯމް ހިތަދޫ ކެމްޕަސް، ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒް ،ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަސިޓީ އަދި www.mnu.edu.mv އިން ލިބެން ހުންނާނެ އެވެ. މިކޯހުގެ ޝަރުތު ތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ބަހުން ލިޔަން ކިޔަން އެނގުމާއި އެއްކޮށް ކަނޑާ ގުނަކޮށް ގެއްލަން އެނގުމެވެ. މިކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 1300 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.