English Edition
Dhivehi Edition

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އެމްއެންޔޫ ހިތަދޫ ކެމްޕަހުން ހިނގުވާ ދޮންބެއްޔާ ދަނާލެ ދިރިވޭނޑޭއް ބޭނުން ކުދިންނައް އެކަމުގެ ފުރުސަތު ހުޅުވަލިއެ. އެ ކެމްޕަހުން ޢާއްމުކެޑެ އިޢުލާނަކި ވޭގޮތުން ހިތަދޫ ކެމްޕަހި ކިޔަވާ ހަމަ ކޮންމި ކޫދަކާށަސް ދަނާލެ ހިށުމުގެ ފުރުސަތު ތެބޮއް. އެހެންފެހެނާސް ބޮނޑައް ބަލަނީ ރާއްދޭގެ އެކި ސަރަޙައްދުތަކުން ހިތަދޫ ކެމްޕަސްއެ ކޯސް ހަދާއު އޭ ކުދިންނައް އެފުރުސަތު ފަހިކޮއްދިނުން ކަމައް އެމްއެންޔޫއިން ބެނި.

ދަނާލެ ހިށުމުގެ މަހުފީއަކީ 500 ރުފިޔާ. މިއަގަ ނާގެން ކުދިންނާއި ތަން ހަވާލަވޭކޯ މިތަންހިންނެއި ޒަމާނީ ވަސީލައްތަކާއި ހުށިހެއި ފަރުނީޗަރައް ހަމަކޮއް ކުދިންބޭނުންވޭ ގިނަ ޚިޒުމައްތަކަސް ފުރިހަމަ ކޮއްދެރެފެއި.

ދޮންބެއްޔާ ދަނާލަކީ 30 ކުދިންގެ ޖާގައޮއް ތަނަވަސް އެކޮމޮޑޭޝަން ބްލޮކައް. މިތަން ހިންނެއިއަސް ކެމްޕަސް އެއި ވަރައް ކަވެރިއެ. ގާއްގަނޑަކައް 3 މިނިޓުން ކެމްޕަސްއެ ހިށެފެއި ދަނާލައް ގިއޭހެއި ކަވެރިއެ. އެމްއެންޔޫ އޮގަސްޓް 2021 ގެ އިންޓޭކް އެއި އެއްކޮއް ހިތަދޫ ކެމްޕަހި އަސް ތަފާތު ގިނަ ކޯސްކޯސް ހިނގުވާއް ހަމަޖެހިފެއިވޭކޯ ދަނާލުން ލޫ އަގަކި މިގޮތައް ކިޔަވާ ކުދިންގެ އެކޮމޮޑޭޝަން ހަމަޖެހިގެން ގެއުމަކީ ރަށުން ބޭރެ ގިނަ ކުދިންނައް ހިތަދޫ ކެމްޕަހި ފަށާ ކޯސްތަކި ބައިވެރިވޭއް ލިބޭ ފުރުސަތަކައް ވެގެން އޭހެއް