English Edition
Dhivehi Edition

އެމްއެންޔޫ ހިތަދޫ ކެމްޕަހުގެ އެޑްމިޝަން ފެބްރުއަރީ 14 އަށް އިތުރުކޮށްފިކަމަށް އެ ކެންޕަހުން ބުނެފިއެވެ. އެމްއެންޔޫ ހިތަދޫ ކެންޕަހުން ބުނީ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރީ ގިނަ ދަރިވަރުންތަކަށް ކޯސްތަކަށް ލުމުގެ ފުރުސަތު ހުޅުވާލުމަށް ކަމަށެވެ.

ހިތަދޫ ކެންޕަހުން މިއަދު، ފޭދޫ ބަނދަރު ސަރަހައްދުގައި އެ ކެމްޕަހުން މި ސެމިސްޓާގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ޕްރޮގްރާމެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން މި ޕްރޮގްރާމް އޮންނާނީ ފޭދޫ ބަނދަރު ސަރަހައްދުގައި ހަވީރުގެ 1600 ގައި އެވެ.

މިއަހަރުގެ ފުރަތަމަ ސެމިސްޓާގައި އެމްއެންޔޫ ހިތަދޫ ކެމްޕަހުގައި ސެޓްފިކެޓް 3 އިން ޑިގްރީއާ ހަމަޔަށް ކޯސްތައް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ކޯސްތަކުގެ ތެރޭގައި ޤާނޫނީ ދާއިރާގެ ކޯސްތަކާއި އިސްލާމިކް ކޯސްތަކާއި ބިޒްނަސް ކޯސްތަކުގެ އިތުރުން ނާސިން ކޯސްތައް ވެސް ހިމެނެއެވެ.