English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގދ.ތިނަދޫ ކެމމްޕަސްއިން އޮގަސްޓު އިންޓޭކުގެ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މުޅިން އަލަށް ފަށާ ތިން ކޯހަކާއި އެކުގައި ގދ.ތިނަދޫ ކެމްޕަސްގައި 27 ކޯހެއް އޮގަސްޓުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އޮގަސްޓުގައި ފެށޭ ކޯސްތަކަށް ބަލާލާއިރު:

ފެކަލްޓީ އޮފް ހެލްތް ސައިންސް

  • ބެޗެލަރ އޮފް ސައިކޮލޮޖީ
  • މާސްޓާ އޮފް ޕަބްލިކް ހެލްތް

ފެކަލްޓީ އޮފް އާޓްސް

  • އެޑްވާންސްޑް ސެޓްފިކެޓް އިން ޖާނަލިޒަމް
  • އެޑްވާންސްޑް ސެޓްފިކެޓް އިން އަރަބިކް ލެންޖުއޭޖް

ފެކަލްޓީ އޮފް އެޑިއުކޭޝަން

  • މާސްޓާސް އޮފް އެޑިއުކޭޝަން
  • މާސްޓާރ އޮފް އެޑިއުކޭޝަން (އެޑިއުކޭޝަނަލް މެނޭޖްމަންޓް އެންޑް ލީޑާޝިޕް)
  • މާސްޓާ އޮފް އެޑިއުކޭޝަން (ދިވެހި ލޭންގުއޭޖް ޓީޗިން)

ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ

  • ސެޓްފިކެޓް 3 އިން ޖަނާއިޒް
  • އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީއާ އެންޑް ލޯ
  • އެޑްވާންސްޑް ސެޓްފިކެޓް އިން އިސްލާމިކް ސްޓަޑީސް
  • އެޑްވާންސްޑް ސެޓްފިކެޓް ފޯ އިމާމް އެންޑް ޚަތީބް
  • ޑިޕްލޮމާ ފޯ އިމާމް އެންޑް ޚަތީބް

ސެޓްފިކެޓް 4 – ފައުންޑޭޝަން ސްޓަޑީސް (ސައިންސް/ބިޒްނަސް/ހިއުމެނިޓީސް)

ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް

  • ސެޓްފިކެޓް 3 އިން ހައުސްކީޕިން އޮޕަރޭޝަންސް

ފެކަލްޓީ އޮފް އިންޖިނޭރިން, ސައިންސް އެންޑް ޓެކްނޮލޮޖީ

  • ސެޓްފިކެޓް 3 އިން އިލެކްޓްރޯޓެކްނިކަލް ޓެކްނޮލޮޖީ
  • ސެޓްފިކެޓް 3 އިން ވެލްޑިން އެންޑް ޝީޓް މެޓަލް
  • އެޑްވާންސްޑް ސެޓްފިކެޓް އިން އިންފޮމޭޝަން ޓެކްނޮލޮޖީ

ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސް

  • އިންގްލިޝް ފޯ ފަރދަރ ސްޓަޑީސް

ނާސިންގެ ދާއިރާގައި ހުޅުވާލެވިފައިވާ ފުރުސަތުތަކަށް ބަލާލާއިރު

  • އެޑްވާންސްޑް ސެޓްފިކެޓް އިން ނާސިންގ
  • ޑިޕްލޮމާއިން ނާސިން (އެޑްމިޝަން ރިކުއާމަންޓް އޮޕްޝަން “އޭ އަދި ބީ”)
  • ޑިޕްލޮމާ އިން ނާސިން (އެޑްމިޝަން ރިކުއާމަންޓް އޮޕްޝަން “ސީ)

ބެޗެލަރ އޮފް ނާސިން

އެމްއެންޔޫ ބިޒްނަސް ސްކޫލްގައި ފަށާ ކޯސްތަކަށް ބަލާލާއިރު

އެޑްވާންސްޑް ސެޓްފިކެޓް އިން މެނޭޖްމަންޓް

އޭއޭޓީ އެޑްވާންސްޑް ޑިޕްލޮމާއިން އެކައުންޓިން (ލެވެލް 3)

އޭސީސީއޭ (ނޮލެޖް ލެވެލް)

ބެޗެލަރ އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް

މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހިމެނެއެވެ.

މި ކޯސްތަކަށް ވަނުމަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑިޔަކީ އޮގަސްޓު 5 ވަނަ ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިންނެވެ. އެމް.އެން.ޔޫގެ ވެބްސައިޓް މެދުވެރިކޮށް މިކޯސްތަކަށް އޮންލައިންކޮށް ހުށެހެޅޭނެއެވެ.