English Edition
Dhivehi Edition

އިންތިހާއަށް ބާރުގަދަ ޑޯރިއާން ތޫފާން ގަޑިއަކު 180 މޭލުގެ ބާރުމިނުގައި އެމެރިކާގެ ބަހާމާސްއަށް އަރައިފިއެވެ. އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނެފައިވަނީ މިއީ ފަހުގެ ތާރީޚެއްގައި އަރާ އެންމެ ބާރުގަދަ ތޫފާން ކަމަށެވެ. ބޯ ވިއްސާރައާއި ގަދަ ވަޔާއެކު އައި މި ތޫފާނާ ގުޅިގެން ބަހާމާސްގެ އެތައްބަޔަކު ދަނީ ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރަމުންނެވެ. އެމެރިކާގެ މޫސުމާބެހޭ އިދާރާ ތަކުން ދަނީ ތޫފާނުގެ ނުރައްކާ ތަކުން ސަލާމަތް ވުމަށް އިންޒާރުދީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރަމުންނެވެ. ބަހާމާސް ގެ ގަޑިން 12.40 ގައި އެބެކާ އައިލޭންޑްގެ އެލްބޯކޭ އަށް ތޫފާން އެރިއިރު ވީޑިއޯ ފުޓޭޖް ތަކުން ފެންނަ ގޮތުގައި ގަސްގަހާގެއްސާއި ތަންތަނާއި ތަކެތި ހަލާކުވެ ބުރައިގެންގޮސް ގެތަކުގެ ފުރާޅު އެއްލާލާ ގޭގެ ސުއްނާފަތި ވެފައިވާ މަންޒަރު ފެނެއެވެ.

ޑޯރިއާން ތޫފާން ދަތުރު ކުރަމުން ދަނީ ހުޅަނގު ފަޅިއަށް ކަމުން ހޯމަ ދުވަހު ގްރޭޓް އެބެކާ އައިލޭންޑަށާއި އެސަރަޙައްދުގެ އެހެން ހިސާބު ތަކަށާއި އަދި ގްރޭންޑް ބަހާމާއަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ. އެހިސާބުގަނޑުގެ ބައެއް ޑޮމެސްޓިކް އެއަރޕޯޓް ތައް މިވަގުތަށްވަނީ ބަންދު ކޮށްފައެވެ. ބަހާމާސް ގެ ރަށްތަކަށް އެރުމަށްފަހު ޑޯރިއާން ގެ މިސްރާބް ހުރީ ފްލޮރިޑާގެ އިރުމަތީ އައްސޭރިފަށަށެވެ.އެހެންކަމުން ފްލޮރިޑާގައިވެސް ވަނީ ކުއްލި ޙާލަތު އިޢުލާން ކޮށްފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑްޓްރަމްޕް ވަނީ ހީކުރި ވަރަށްވުރެ ތޫފާނުގެ ނުރައްކާ ބޮޑުވެދާނެކަމަށް ލަފާ ކުރެވޭކަމަށް ވިދާޅުވެ ފްލޮރިޑާ، ސައުތު ކެރޮލީނާ،ނޯތް ކެރޮލީނާ،ޖޯޖިއާ،އަދި އަލަބާމާގެ ރައްޔިތުން ރައްކާތެރިވެ ތިބުމަށް ގޮވާލާފައެވެ. އެމެރިކާގެ ޕްރައިމް މިނިސްޓަރ ހޫބާޓް މިނިސް ހާމަ ކުރެއްވި ގޮތުގައި 73000 މީހުންނާއި 21000 ގެއެއް ވަނީ ޑޯރިއާން ތޫފާނުގެ ސަބަބުން ނުރައްކަލުގެ ތެރޭގައެވެ.