English Edition
Dhivehi Edition

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރި ލޯންޗު ބަނޑުން ޖަހާލި ހާދިސާގައި 10 މީހުންގެ ތެރެއިން ސަލާމަތް ވި 5 މީހުންނަށް ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު ދޫކޮށްލައިފި އެވެ.

10 މީހުންނާއި އެއްކޮށް ދަތުރުކުރި އެ ލޯންޗު ބަންޑުންޖަހާލީ ހަނިމާދޫގެ ކަނޑިންމަ އަށް ވަންނަން އުޅުމުގެ ތެރޭގައެވެ. އެ ހާދިސާ ހިނގީ ހަނިމާދޫ ދެކުނު ފަރާތު ފަރު މައްޗަަށެވެ. މި ހާދިސާގައި 5 މީހުން ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ކުޑަ ކުއްޖަކުވެސް ހިމެނެއެވެ.

ނިޔާވި މީހުންގެ ތެރެއިން 4 މީހުންނަކީ އެއް އާއިލާއެއްގެ 4 މީހުންނެވެ. ނިޔާވި މީހުންނަކީ އީރާ ހަސަން ޝިފާޒް އާއި އިރާގެ މަންމަ ގުރައިޝާ އަބްދުﷲ އާއި ގުރައިޝާގެ މަންމަ މަރިޔަމް މަނިކާއި ގުރައިޝާގެ ބައްޕަ ހުސައިން އަބްދުﷲ ގެ އިތުރުން، އައިޝަތު އަލީ އެވެ.

ދޫކޮށްލި އެންމެންގެ ހާލު ރަނގަޅު ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ.