English Edition
Dhivehi Edition
ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2024 ޅ. ނައިފަރު ގެ ޗެމްޕިއަންކަން ޓީމް ހުސްބުޅި ހޯދައިފިއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް ކ. ހިންމަފުށި، ޅ. ނައިފަރު، ގދ. ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

އުރީދޫ އިން ބުނީ ކ. ހިންމަފުށީ މަސްރޭހަށް ރެޖިސްޓަރީ ކުރި 18 ޓީމާއެކު ހިންމަފުށީގައި މި މުބާރާތް ފަށާފައިވަނީ 6 ސެޕްޓެމްބަރ 2024 ވީ ހުކުރު ދުވަހު ކަމަށެވެ. ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފަ އެވެ.

  • ޗެމްޕިއަން ޓީމް: 921.4 ޕޮއިންޓް – ހުސްބުޅި
  • 2 ވަނަ ޓީމް: 698.45 ޕޮއިންޓް – ޗިލް ބްރޯޒް
  • 3 ވަނަ ޓީމް: 438.3 ޕޮއިންޓް – ޓީމް ކޮރަކަލި

އެންމެ ބަރު މަސް: މުހައްމަދު ނަޝީދު ، ޓީމް އަލިފަސް – 9.4 ކިލޯގެ މުޑަ ހަނދި

އެންމެ މޮޅު ކެޔޮޅު – ފިރިހެން: އަލި އަބްދުﷲ (ޗިލް ބްރޯޒް) 24 މަސް

އެންމެ މޮޅު ކެޔޮޅު – އަންހެން:ޖަވާދާ އަހްމަދު (ޓީމް ކޮރަކަލި) 15 މަސް