އަވަށްޓެރި އިންޑިޔާގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ކުނި ބޭނުންކޮށްގެން ޑީސަލް އުފައްދަން ފަށައިފި އެވެ.
އިންޑިޔާގައި އީޖަދު ކުރި މި ޓެކްނޮލޮޖީގެ އަމަލީ މަސައްކަތް ފުރަތަަމަ ފަށާފައި ވަނީ އެޤައުމުގެ އުއްތަރަހަންދު ސްޓޭޓުގައި އެވެ. މި ޙަރަކާތްތައް ކުރިޔަށް ގެންދަނީ އެ ޤައުމުގެ ސައިންސް އެންޑް ޓެކްނޮލަޖީގެ ދަށުން ހިންގާ އިންޑިއަން އިންސިޓިއުޓު އޮފް ޕެޓްރޯލިއަމް އިންނެވެ.
އެ އިދާރާއިން ބުނީ ދުވާލަކު 1000 ކިލޯގެ ޕްލާސްޓިކް ކުނި 800 ލީޓަރުގެ ޑީސަލަށް ބަދަލުކޮށްދޭ ކަމަށެވެ. އަދި އެ އިދާރާއިން ބުނީ މިގޮތަށް އުފަށްދާ ޑީސެލް ފުރަތަަމަ ބޭނުން ކުރާނީ އެ ޤައުމުގެ ސަރުކާރުގެ އިދާރާތަކުގެ ބޭނުން ތަކަށްކަމަށެވެ.
މީގެ ސަބަބުން އިންޑިޔާގެ އިގްތިސާދަށާއީ އެ ޤައުމުން 2022 ވަނަ އަހަރަށް ކަނޑައަޅާފައިވާ މިސްރާބަށް ވެސް ވާސިލް ވާނެއެވެ. އިންޑިޔާ އިން ވަނީ 2022 ވަނަ އަހަރަށް އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކު ބޭނުން ކުރުން ހުއްޓާލާނެ ކަމަށް ބުނެފައެވެ.
އިންޑިއަން އިންސިޓިއުޓު އޮފް ޕެޓްރޯލިއަމް (އައިއައިޕީ)ގެ ޑައިރެކްޓަރ ޑޮކްޓަރ އަންޖާން ރޭ ބުނެފައިވަނީ ހަ މަހާއި ނުވަ މަހާއި ދޭތެރޭގައި (އައިއައިޕީ) އޮޕަރޭޝަންގެ ދިރާސާތަށް ބަލާފައި ޤައުމުގެ އެންމެ ތަރައްޤީ ވެފައިވާ ހިސާބުތަކުގައި މި ޕްލާންޓުތަށް ބޭނުން ކުރެވޭ ގޮތަށް ހަމަޖައްސާނެ ކަމަށެވެ.
އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކަކީ ދުނިޔޭގެ ތިމާވެށްޓަށް އެހާމެ ނުރައްކާ އަދި މިއަދުން މިއަދަށްވެސް އެކަމަށް ހައްލެއް ބޭނުން ވެފައިވާ އެއް ކަމެވެ.