ހުޅުމާލެއިން ގާތްގަނޑަކަށް 1.5 ޖަމްބޯ ކޮތަޅުގެ ޕްލާސްޓިކް ކުނި ނަގައިފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިންގާ ހުޅުމާލޭގެ ރަސްމީ ޓްވިޓާ އެކައުންޓް، މައި ހުޅުމާލެ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ޕާލޭ މޯލްޑިވްސްއާ ގުޅިގެން ޕްލާސްޓިކް ކުނި އެޅުމަށް ހުޅުމާލޭގައި ބަހައްޓާފައިވާ ޑަސްބިންތަކުން ގާތްގަނޑަކަށް 1.5 ޖަމްބޯ ކޮތަޅުގެ ކުނި ނަގާފައިވާ ކަމަށެވެ.
އަދި ހުޅުމާލޭގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރަމުންދާ މަސައްކަތުގައި އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށްޓަކައި ޝުކުރު ދަންނަވާ ކަމަށްވެސް އެ ޓްވީޓުގައި ބުނެފައިވެއެވެ.
We would like to take this opportunity to humbly remind the public to refrain from misusing these bins by adding other forms of waste into these bins. https://t.co/BT0XgSxwJq
— HDC (@hdcmaldives) December 15, 2020
އެ ޓްވީޓު ރީޓުވީޓުކޮށް އެޗްޑީސީން ބުނެފައި ވަނީ އެ ޑަސްބިންތަކަށް ޕްލާސްޓިކް ނޫން އެހެނިހެން ބާވަތްތަކުގެ ކުނި ނޭޅުމަށް އާންމުންނަށް ހަނދާންކޮށްދޭ ކަމަށެވެ.