މިއަދު ހިނގައި ދިޔަ ނުރައްކާތެރި ހާދިސާއާއި ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑު ދަތުރުކުރާއިރު ލައިފް ޖެކެޓް އެޅުއްވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ ފަސިންޖަރުން ލައިފް ޖެކެޓް އެޅުވުމަކީ ކެޕްޓަނުންގެ ޒިންމާއެއް ކަމަށެވެ.
އެ އޮތޯރިޓީގެ ނޫސްބަޔާނުގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ ކަންކަން ފާހަގަ ކޮށްފައި ވެއެވެ.އޭގެ ތެރޭގައި އުޅަނދަށް ޕަސެންޖަރުން އަރުވާފައިވަނީ ހުއްދަ މިންވަރަކަށްތޯ ޔަގީންކުރުމާއި
ޕަސެންޖަރުންނަށް ލައިފް ޖެކެޓް އަޅާނެގޮތް ބުނެދީ ލައިފް ޖެކެޓް އެޅުވުމާއި ސަލާމަތީ ކަންކަން އުޅަނދުގައި ފުރިހަމަވެފައި ހުރިތޯ ޔަގީންކުރުން ހިމެނެއެވެ.އަދި މުވާސަލާތީ ވަސީލަތްތައް ދަތުރުކުރާ ހުރިހާ ވަގުތެއްގައި ބޭނުންކުރެވޭނެ ގޮތަށް ހުޅުވާފައި ހުރުމާއި
ކުރުމަށް ހަމަޖެހިފައިވާ ދަތުރަށް ބޭނުންވާވަރަށް ތެލާއި، ހަކަތަ އަދި ފެންހުރިކަން ކަށަވަރުކުރުމާއިކުރުމަށް ހަމަޖެހިފައިވާ ދަތުރު ކުރުމަށް ސަލާމަތާއި ރައްކާތެރިކަމާއެކު ކުރުމުގެ އިންތިޒާމު ހަމަޖެހިފައި ވޭތޯ ބެލުމުގެ އިތުރަށްމޫސުމާ ބެހޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދުމަށްފަހު މޫސުމަށް ބަލައިގެން ދަތުރު ފެށުން ހިމެނެއެވެ.އަދި ހަމަ އެހެންމެޕަސިންޖަރުން ތިބީ އެކަށީގެންވާ ރައްކާތެރި ކަމާއެކުގައިކަން ކަށަވަރުކުރުމާއި ދަތުރުގައި ބައިވެރިވާ ޕަސިންޖަރުންގެ މެނިފެސްޓް ބެލެހެއްޓުންވެސް ފާހަގަ ކޮށްފައި ވެއެވެ.މިއަދު ހިނގައިދިޔަ ހާދިސާގައި ފަސް މީހުންގެ ފުރާނަ ގޮސްފައިވާއިރު އޭގެ ތެރެއިން 4 މީހުންނަކީ އެއް އާއިލާގެ 4 މީހުންނެވެ.