English Edition
Dhivehi Edition
ފޮޓޯ: ވަގުތު

ފުވައްމުލައް ސިޓީގައި ދިރިއުޅެމުން އަންނަ އެހެން ރަށްރަށުގެ މީހުންނަށް އެއްގަމާއި ކަނޑުދަތުރު ފަތުރުކުރުމުގެ ލައިސަންސް ދިނުމުގައި ލުއި ފަސޭހަތަކެއް ދީފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މީގެ ކުރިން ފުވައްމުލައް ސިޓިގައި ދިރިއުޅެމުން އަންނަ އެހެން ރަށްރަށުގެ މީހުންނަށް ލައިސަންސް ދޫކުރަމުން ދަނީ އެ ސިޓީގައި ދިރިއުޅޭ ކަމުގެ ލިޔުމެއް ހުށަހެޅުމުން ކަމަށެވެ. އެހެންނަމަވެސް ޓްރާންސްޕޯޓް އެތޯރިޓީއިން ފޮނުވާފައިވާ ލިޔުމާއި ހަވާލާދީ 2 ޑިސެމްބަރު 2021 ވަނަ ދުވަހުން ފެށިގެން ލައިސަންސް ނެގުމަށް އެ ސިޓީގައި ދިރިއުޅޭކަމުގެ ލިޔުމެއް ހުށަހަޅަން ނުޖެހޭނެކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މި އަހަރުގެ ތެރޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވައިދު އިސްލާހުކޮށްފައިވާއިރު، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދު މިހާރު އޮންނަ ގޮތުން ތިއަރީ އިމްތިހާން ފުރިހަމަ ކުރުމަށްފަހު ދުއްވުމުގެ އިމްތިހާން ފުރިހަމަ ނުކޮށް ހަ މަސް ދުވަސް ވެއްޖެ ނަމަ، ތިއަރީ އިމްތިހާން އަލުން ހަދަން ޖެހޭނެ އެވެ.

މީގެ އިތުރުން އެ ގަވައިދުގައިވާ ގޮތުން ލައިސަންސް ނުނަގައި ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ލައިސަންސް ނެގޭނެއެވެ،