English Edition
Dhivehi Edition

ހަނިމާދުއަށް ކުރަން ހަމަޖެހިފައިވާ މޯލްޑިވިއަންގެ ފްލައިޓް ދަތުރުތައް ފަސްކޮށްފި.

މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ހަނިމާދުއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސްކުރެވިފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ. ވިއްސާރަ ރަނގަޅުވެ އަލުން ދަތުރު ފެށޭނެ ވަގުތެއް ކަސްޓަމަރުންނާއި ޙިއްސާ ކުރަމުންދާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ. މިއަދު ދަނީ ރާއްޖޭގެ ހުރިހާ ސަރަޙައްދު ތަކަށް ވެސް މޫސުން ގޯސްވެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވާރޭ ވެހެމުންނެވެ. އަދި ވިއްސާރައާއި ގުޅިގެން ތަފާތު ހިތާމަވެރި ޙާދިސާތައް ހިނގަމުން އަންނައިރު ހަނިމާދުއަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ބަންޑުން ޖަހާލައި އޭގައި ދަތުރު ކުރަމުން އައި 5 މީހަކު މަރުވުމުގެ ހިތާމަވެރި ޙާދިސާއެއްވެސް ދާދި ދެންމެ އަކު ވަނީ ހިނގާފައެވެ.