English Edition
Dhivehi Edition

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ހިންގުން ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލު ވެއްޖެއެެވެ.

އެންސްޕާ ހިންގުން ޖެންޑަ މިނިސްޓްރީގެ ދަށުން ހިންގަން، އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރެއްވުމާއި ގުޅިގެން އެންސްޕާ ހިންގުން ޖެންޑަ މިނިސްޓްރީގެ ދަށަށް ބަދަލުވެގެންދާނެއެވެ،

ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މިދިޔަ ހަފުތާގައި މަޖިލީހުން ވަނި މިބިލް ފާސް ކޮށްފައެވެ.

އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނުގައި ކުރިން އޮންނަ ގޮތުން އެންސްޕާ ހިންގަން ޖެހެނީ ހެލްތް މިނިސްޓްރީގެ ދަށުންނެވެ.