English Edition
Dhivehi Edition
ހީނާ ވަލީދު

އެންސްޕާއާ ގުޅޭގޮތުން ފެތުރެމުންދާ ހަގީގަތާ ހިލާފު މައުލޫމާތުތަކުގެ މައްސަލަ ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި އެދިއްޖެއެވެ.

ސޯޝަލް މީޑިއާގައި އަންނަނީ އެންސްޕާ ހިންގާ އިމާރާތް ކުއްޔަށް ހޯދުމުގައި ކުރެވުނު މުއާމަލާތާ ގުޅިގެން ގިނަ ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން އެންސްޕާ ހިންގާ އޮފީސް އިމާރާތެއް ހޯދަން 34.8 މިލިއަން ރުފިޔާގެ މުއާމަލާތެއް ގޭގެ ވެރިފަރާތް ނޫން އެހެން ފަރާތަކާ ކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ގިނަ ވާހަކަތަކެއް ދައްކަމުންނެވެ.

އެ ތުހުމަތުތަކަށް ރައްދުދީ އެންސްޕާއިން ރޭ ނެރުނު ބަޔާނުގައި ބުނީ އެ އެޖެންސީ ހިންގަން އިމާރާތް ހޯދަން ކުރި މުއާމަލާތަކީ މާލީ ވުޒާރާއާއި އެ އެޖެންސީއާ ދެމެދު ގަވައިދާ އެއް ގޮތަށް ހިންގި މުއާމަލާތެއް ކަމަށެެވެ. އެ ކަމުގައި އިތުރު އެހެން ފަރާތެއް ބައިވެރިނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެ ކަންކަމަކީ ހާމަކަން ބޮޑުކޮށް އެ މައުލޫމާތުތައް ފެންނަން ހުންނާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.