English Edition
Dhivehi Edition
މެޑަމް ސާޖިދާ މުޙައްމަދު

ސިޔާސަތުތައް ކަނޑައެޅުމުގެ މަރުހަލާގައި މިންތީގެ ހަމަހަމަކަމަށް ރިޢާޔަތްކުރުމަކީ އިޚްތިޔާރެއް ނޫން ކަމަށާއި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ “ޖެންޑާ ޑޭޓާ ޔޫސްއިން ޕޮލިސީ މޭކިން ވެލިޑޭޝަން އެންޑް އެޑްވޮކަސީ” ވޯކްޝޮޕް ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ

މި ވޯކްޝޮޕްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި މިހާރު ، ލިބެންހުރި ޑޭޓާތައް ފުޅާ ދާއިރާއެއްގައި ދިރާސާކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ . އަދި ޑރ. މުއިއްޒުގެ އާ ސަރުކާރު ދެމި އޮންނާނީ ރައްޔިތުންގެ އެދުންތަކާ ގައުމުގެ ތަރައްގީ އެއްހަމަ ކުރުމަށް ކަމަށް އެކަމަނާ ވިދާޅުވި އެވެ. ސިޔާސަތުތަކާއި ގަވާއިދުތަކާއި ގާނޫނުތައް އެކުލަވާލާއިރު މި އުންމީދުތަކާ މެދު ވިސްނުމަށް އެކަމަނާ ވަނީ ކަމާބެހޭ ފަރާތްތަކަށް އގޮވާލައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރަކީ ހަމައެކަނި މިންތީގެ ހަމަހަމަކަމަށް މަސައްކަތް ކުރައްވާ ސަރުކާރެއް ނޫން ކަމަށާއި، ޤައުމީ ތަރައްޤީގެ ހުރިހާ ކަމެއްގައި ވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރެއްވުމަކީ އަމާޒެއްކަމުގައި ވިދާޅުވިއެވެ. އަދި އަންހެނުންގެ އިޤްތިޞާދީ ޙިއްޞާ އިތުރުކުރުމާއި، ސިޔާސީ އަދި ޢާންމު ދިރިއުޅުމުގައި ބައިވެރިވުން އިތުރުކުރުމަކީ އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ ހަގީގަތުގައި ރާއްޖޭގެ ސިޔާސަތުތައް ބައްޓަން ކުރެވިފައި ވަނީ ޑާޓާއަށް ބަަލައިގެން ނޫން ކަމަށާއި ސިޔާސަތުތައް ބައްޓަން ކޮށްފައި ވަނީ ޖެހިފައިވާ ބޭނުންތަކަށް ބަލައިގެން ކަމަށެވެ. އެހެންނަމަވެސް ފައިދާ ހުރި ގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރުމަށް ޑާޓާގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް ފަރުމާ ކުރުމަކީ ކޮންމެހެން ކުރުން މުހިންމު ކަމެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

މި ވޯކްޝޮޕަކީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަދި ޕެރިސް 21 ގުޅިގެން ހިންގާ ދެ ދުވަހުގެ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ ނިންމުންތައް ނިންމުމުގައި ޖެންޑާ ޑާޓާ ބޭނުން ކުރެވޭ މިންވަރު ދެނެގަތުމަށް ކުރެވުނު ދިރާސާގެ ހޯދުންތަކުގެ ސައްހަކަން ޔަގީން ކުރުމެވެ.