އިންޑޮނޭޝިއާގެ ފިރިހެނަކު އޭނަގެ ދެ ލޯބިވެރިންނާއި އެއްދުވަހަކު އެއްވަގުތެއްގައި ކައިވެނިކޮށްފި އެވެ.
މިހާރު މީސްމީޑިއާގައި ދައުރުވަމުން ދާ ކައިވެނި ފޮޓޯ ވައިރަލްވެފައިވާއިރު، އެ ފިރިހެން މީހާ މީޑިއަތަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނަ އޭނަގެ ދެލޯބިވެރިން ވެސް ހިތުގައި ޖައްސަންބޭނުން ނުވާކަމަށާއި ދެމީހުންނާއި ކައިވެނިކުރީ އެކަކަށްވެސް ދެރައެއްދޭން ބޭނުންނުވާތީ ކަމަށެވެ. މީޑިއާތަކުން ދައުރުވަމުންދާ ފޮޓޯގައި ފެންނަނީ ކައިވެނި ކުރާފިރިހެންމީހާ އާއި އޭނަގެ ދެލޯބިވެރިން ކައިވެނީގެ ހަފްލާގައި އޭނަގެ ކައިރީގައި ތިބިތަނެވެ.
މިކައިވެނި ކޮށްފައިވަނީ އިންޑޮނޭޝިއާގެ އެއާޓަރަޕް ކަލިމަންޓަން އަވަށުގައި މިހިނގާ އޯގަސްޓް މަހުގެ17ވަނަ ދުވަހުއެވެ. އަނތްބަށް ކައިވެނިކުރުމަކީ އިންޑޮނޭޝިއާގައި އާކަމެއްނޫނެވެ. އެހެން ނަމަވެސް މިގޮތަށް އެއްދުވަހަކު އެއް ވަގުތަކު އެއްފަހަރާ އެކަކަށްވުރެ ގިނަމީހުންނާއި ކައިވެނިކުރުމަކީ މި އަވަށުގައި މުޅިން އަލަށް ހިނގާދިޔަކަމެކެވެ. އިންޑޮނޭޝިއާގެ މީޑިއާއެއްކަމަށްވާ “ވައިސް މީޑިއާ”ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިކައިވެނި ކުރީ އެ ދެއަންހެނުންވެސް އެގޮތަށް ކައިވެނިކުރަން އެއްބަސްވެގެންނެވެ.
މިހާދިސާހިނގި އަވަށުގެ މީހަކުވެސް މީޑިއާއާށް މައުލޫމާތު ދެމުން ބުނެފައިވަނީ އެފިރިހެންމީހާ މިގޮތަށް ކައިވެނިކުރަންނިންމީ އެކަކަށްވެސް ދެރައެއްދޭން ބޭނުންނުވާތީ ހަމަހަމަ އުސޫލަކުން ދެލޯބިވެރިން ގެންގުޅުމަށެވެ. “ދެލޯބިވެރިންގެ ވެސް އެއްވެސް މައްސަލައެއްނެތް މިކައިވެންޏަކަށް. މިއީ ވަރަށް އާކަމެއް މިގޮތަށް ކައިވެނިކުރުމަކީ” އެމީހާ ބުންޏެވެ.
މީސްމީޑިއަގައި މިކައިވެނީ ގެ ފޮޓޯތަކާއި ވީޑިއޯ ވައިރަލް ވެފައިވާއިރު ކައިވެނީގައި ބައިވެރިވި 3 މީހުންގެ ނަމެއް ހާމަކޮށްފައި ނުވެއެވެ.