English Edition
Dhivehi Edition

ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުން ހިލާފްވަނީ ހަމައެކަނި ގަދީމީ، ބޯދާ، ވިސްނުމުގެ މީހުންގެ ވިސްނުމާ އެކަނިކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަންހެން ދެ ބޭފުޅަކު އައްޔަންކުރަން އުޅޭތީ އެކަމާ ދެކޮޅަށް މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި އީވާ ވިދާޅުވީ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުން ހިލާފްވަނީ އަންހެނުންނަށް ނަފުރަތު ކުރާ މީހުންގެ ވިސްނުމާއި، އަންހެނުންގެ ބާރުވެރިކަމަށް ބިރުގަންނަ މީހުންގެ ވިސްނުމާ އެކަނި ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ރާއްޖޭގެ ގާނޫނުތަކާއި ނުވަތަ އިސްލާމް ދީނާ ވެސް ހިލާފު ކަމެއް ނޫން ކަމަށެވެ.

ރާއްޖޭގެ ވެރިކަމަށް ވެސް އަދި އަންހެނުން އަންނާނެ ކަމަށާއި، ރާއްޖޭގައި ހުރިހާ މަރުހަލާއެއްގައި އަންހެނުން ކުރިއަރާނެ ކަމަށް ވިދާޅުވެ އީވާ ވަނީ މިއަދު އެކަމަށް ތައްޔާރުވުމަށް ގޮވާލާފައެވެ.