English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އީވާ އަބްދުﷲ އަށް ބިރު ދައްކާކަމުގެ ތުހުމަތުގައި ރޭ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން އަދި ހައްޔަރު ކުރި މީހާގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައި ނުވާއިރު އެއިދާރާއިން ހާމަކުރި ގޮތުގައި އީވާއަށް ބިރު ދައްކާކަމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުންް މީހަކު ހައްޔަރުކުރީ ރޭ 22:34 ގައި ކަމަށެވެ.

“މިރޭ 10:34 ހާއިރު ކޯޓު އަމުރެއްގެ ދަށުން ތުހުމަތު ކުރެވޭ މީހަކު ވަނީ ހައްޔަރުކޮށްފައި،” ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.

އެނގިފައިވާ ގޮތުގައި އީވާގެ ދަރިފުޅުގެ ފޮޓޯ ބޭނުންކޮށްގެން އީވާއަށް ބިރު ދެއްކި ކަމަށް ބުނާ މީހާއަކީ ޓްވިޓާގައި ފޭކް އެކައުންޓެއް ހަދައިގެން އުޅުނު މީހެކެވެ. އެ އެކައުންޓުން އީވާއަށް ނިސްބަތްކޮށް އެކި ވާހަކަތައް އޭނާ ފަތުރަމުންދިޔަ އެވެ.