English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲގެ އިތުބާރުގެ މައްސަލަ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފިއެވެ.

މި މަހުގެ 11 ވަނަ ދުވަހު އީވާގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކުރުމަށްފަހު ފަސްކޮށްފައިވަނީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލެވިފައި ނުވާތީއެވެ.

މަޖިލީހުގެ އަމީން ޢާންމު ފާތިމަތު ނިއުޝާ، މަޖިލީހުގެ މެމްބަރުންނަށް ފޮނުއްވި ސިޓީއެއްގައި ވަނީ މަޖިލީހުގެ ދަފްތަރުގައި ސިޔާސީ ޕާޓީތަކަށައި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ ނިސްބަތަށް އައިސްފައިވާ ބަދަލު އައުމާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެމްބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތް އަދި ފާސްކުރެވިފައި ނުވާކަމަށެވެ. މީގެ އިތުރުން އެ ސިޓީގައިވަނީ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އީވާ ވަކިކުރުމުގެ ގަރާރާ ގުޅިގެން ކުރެވޭ ބަހުސްގައި މެންބަރުން ވާހަކަ ދެއްކުމަށް ދެވޭ ވަގުތު މަޖިލީހުގެ 108 ވަނަ މާއްދާގެ ދަށުން އަދި ކަނޑައެޅިފައި ނުވާކަމަށެވެ.

އެހެންކަމުން މަޖިލީހުން އިތުރަށް ބުނިގޮތުގައި ދެން މިމައްސަލަ އެޖެންޑާ ކުރެވޭނެ ތާރީހެއް އިއުލާނުކުރާނީ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މިމައްސަލައާއި ގުޅިގެން ބަަހުސް ކުރުމުގެ ވަގުތު ކަނޑައަޅައި ނިމުމުންކަމަށް އެ ސިޓީގައިވަނީ ބުނެފައެވެ.