English Edition
Dhivehi Edition
މަޖްލިސް ނައިބް ރައީސް އީވާ ޢަބްދުﷲ/ ފޮޓޯ މިހާރު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން، އެމްޑީޕީއިން ސޮއިހަމަކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އީވަ ނައިބު ރައީސްގެ މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ 50 މެމްބަރުން ވަނީ ސޮއިކުރައްވާފައެވެ.

މަޖިލިހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރަން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވާއިރު އީވާ ވަކި ކުރަން އެމްޑީޕީން ނިންމީ އެ ޕާޓީން ވަކިވުމާއި ގުޅިގެންނެވެ. އެމްޑީޕީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކާ އެކު ފިކުރެއްގެ ދިރުން ނަމުގައި އުފެދިންގެން އައި އާ ފެކްޝަނުން ވަނީ “ދަ ޑިމޮކްރެޓްސް” ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދާފައެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެމްބަރުންގެ ވޯޓުން ފާސްވާނެއެވެ.