English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ސޮއިކުރައްވާ އީވާއަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވެފައިވާތީ އެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީން ވަކިވެ، “ދަ ޑިމޮކްރެޓްސް” އުފެއްދުމުގެ މަސައްކަތް ފެށުމާއެކު، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. މިދިޔަ މަހުގެ 23 ވަނަ ދުވަހު އީވާ މަގާމުން ވަކިކުރުމުގެ މައްސަލައިގައި އެމްޑީޕީގެ 50 މެންބަރުން ސޮއިކުރެއްވިއެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިން އެޖެންޑާކުރުމަށްފަހު މައްސަލަ ނެގީ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް ނުނިމޭތީއެވެ.