2007ވަނަ އަހަރު ދެއްކި ރިއަލިޓީ ޝޯވް “ބިގްބްރަދާ” ޔޫކޭވާޝަންގެ ބައިވެރިއެއްކަމަށްވާ ޖޭޑްގޫޑީ އަށް ކެންސަރުޖެހުނީ އޭނާ އެޝޯވްގެ ބައިވެރިއެއްކަމަށްވާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާޝެޓީ އަށް މަލާމާތް ކޮށް ހުތުރުބަސްބޭނުން ކުރުމުން އެކަމުގެ އަދަބެއްގެ ގޮތުން ކަމަށް ގަބޫލުކުރެވޭ ކަމަށް ޖޭޑް މަރުވުމާ ހަމައަށް ވެސް ވަރަށް ބިރުން ހުރެއަދި އަސަރާއެއްކޮށް ބުނަމުން ދިޔަކަމަށް ޖޭޑް ގޫޑީގެ މަންމަ ޖެކީ ބުނެފިއެވެ.
ޖޭޑް މަރުވިތާ 10 އަހަރު ފުރުންފާހަނގަ ކުރަމުން ޖޭޑްގެ މަންމަ ބުނީ، އޭނަގެ ދަރިފުޅު 2007 ވަނަ އަހަރު ޝޯވްގެތެރއިން ޝިލްޕާޝެޓީ އާދިމާލަށް “ޝިލްޕާ ޕައްޕަޑަމް” ފަދަ ބަސްތަކުން މުހާތަބްކޮށް އޭނަ އަތުން ކާތީ އެކަމާ މަލާމާތްކޮށް އަދި މޫނުބްލީޗް ކުރާތީ އެކަމާވެސް މަލާމާތްކޮށް ހުތުރުބަހުން މުހާތަބްކޮށްފައިވާ ކަމަށެވެ. އަދި އެޝޯވްގައި ޝިލްޕާ އަށް ނުއުޅެވޭ ވަރަށް އޭނައަށް މަލާމާތް ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ޝިލްޕާ ޖޭޑްގެ މިއަމަލު އެއްވެސް ކަމާބެހޭފަރާތަކަށް ރިޕޯޓްކޮށްފައި ނުވެއެވެ.
ޖޭޑް އެޝޯވް ނިމުމަށްފަހު އޭނައަށް ކުރެވުނު ކަންތަކާދެރަވެ ޝިލްޕާއަށް މާއާފްކުރުމަށް 2008 ވަނައަހަރު އިންޑިއާގެ ޗެނަލްއަކުން ދެއްކި ރިއަލިޓީޝޯވްގެ އިންޑިއަންވާޝަން “ބިގްބޮސް” ޝޯވްގައި ވަނީ ބައިވެރިވެފައެވެ. އެޝޯވްގައި ދެދުވަސް ޖޭޑް ހޭދަކުރުމަށްފަހު ތިންވަނަދުވަހު އޭނައަށް ޔޫކޭ ޑޮކްޓަރަކުވަނީ އެޝޯވް ތެރެއިން ގުޅާފައި ރަހިމުގެ ކެންސަރު ޖެހިފައިވާ ކަމަށްބުނެފައެވެ. އެހާހިސާބުން ޝޯވް ދޫކޮށް ޖޭޑް ފުރީ ކެންސަރަށް ފަރުވާ ހޯދުމަށް ޔޫކޭއަށެވެ. ޖޭޑްވަނީ އޭގެ ދެއަހަރުކުރިންވެސް އޭނައަށްސިއްޙީ މައްސަލަތަކެއް ދިމާވުމުން “އޯވަރިއަން ކެންސަރ” އަށް ޓެސްޓްކޮށްފައެވެ އެހެން ނަމަވެސް އެފަހަރު ނަތީޖާއެއް ނުދައްކައެވެ. ޖޭޑްގެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ކެންސަރ ކޮންޓްރޯލްނުވެ އޭނަގެ ލިވާއަދި ގޮހޮރަށް ފެތުރި 2009 ވަނަ އަހަރު މާރިޗް 22 ވަނަ ދުވަހު (މަދާސްޑޭ) ގައި އޭނަވަނީ މަރުވެފައެވެ. ޖޭޑްގެ މަންމަ ބުނީ އޭނަމަރުވެފައިވަނީ ނިދީގައި އޮއްވާ ކަމަށެވެ.
އުމުރުން 27އަހަރުގައި ޖޭޑްމަރުވިި އިރު އޭނަގެ ފިރިއަކާއި 2 ފިރިހެން ކުދިންތިއްބެވެ.ޖޭޑްއަކީ ތަފާތު ރިއަލިޓީ ޝޯވްތަކުންފެނިގެންގޮސްފައިވާ މޫނެކެވެ. ޖޭޑް މަރުވިއިރު އޭނަ އަކީ ޑެންޓަލް ނަރުހެކެވެ.