English Edition
Dhivehi Edition

ސުޕްރީމްކޯޓަށް އަންހެން ބޭފުޅުން އިސްކުރުމަކީ ޤުރުއާނާއި ޙަދީޘް އާއި ޚިލާފުވުން ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ. ޝެއިޚް ޒައިދް މިހެން ވިދާޅުވީ ޝެއިޚް ގެ ފޭސްބުކް ޕޭޖުގައި ދެންމެ ކުރެއްވި ޕޯސްޓެއްގައެވެ.

“އިސްލާމީ ޤައުމެއްގެ އެންމެ އިސް ކޯޓަށް، ވަކިން ޚާއްސަކޮށް، ޖިނާއީ މައްސަލަތައް ބަލަން އަންހެން ކަނބަލުން ޤާޒީންގެ ގޮތުގައި އައްޔަން ކުރުމަކީ، ޤުރުއާން އަދި ޙަދީޘް އާއި ޚިލާފު ބޮޑު މުންކަރާތެއް! މިގޮތަށް ދުނިޔޭގެ އެންމެ ބޮޑެތި އިލްމުވެރިން ފަތުވާ ދެއްވާފައި ވޭ. ﷲ ގެ މަގު ހެޔޮކަން ބޮޑު!” ޝެއިޚް ޒައިދް ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެެވެ.

ޝެއިޚް ޒައިދް މިގޮތަށް ޕޯސްޓެއް ކުރަށްވާފައި ވާއިރު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ސުޕްރީމްކޯޓަށް އައްޔަންކުރަށްވާ ދެ ފަނޑިޔާރުންނާ މެދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް އެދިފައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޖޭއެސްސީގެ ލަފަޔަކަށް އެދިލެއްވި އިރު ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، ސުޕްރީމް ކޯޓަށް އައްޔަންކުރައްވާ ފަނޑިޔާރުންގެ ނަންތަކާ ގުޅޭގޮތުން ރައީސް ލަފަޔަކަށް އެދިވަޑައިގެންފައިވާތީ އެކަމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓަކުންނެވެ. ސުޕްރީމްކޯޓުގައި 5 ފަނޑިޔާރުން މިހާރު ތިއްބަވާއިރު ފަނޑިޔާރުންގެ އަދަދު 5 ކުން 7 ކަށް ބަދަލުކޮށްފައި ވަނީ މިދިޔަ މަހުގައެވެ.