English Edition
Dhivehi Edition

ރާއްޖޭގައި މަސައްކަތް ކުރާ ބޭރުގެ ކޮންޓްރެކްޓަރުން މަދުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ. އެގޮތުން ސަރުކާރުން މިހާރު ދަނީ ބޭރުގެ ކޮންޓްރެކްޓަރުން މަދުކޮށް އެ ފަރާތްތަކަށް ރާއްޖޭގައި މަސައްކަތް ކުރެވޭނެ ދާއިރާތައް މަދުކުރަމުން ނެވެ.

މިއަދު އިސްލާމީ މަރުކަޒުގައި އޮތް “ބީލަންވެރިންގެ މަހާސިންތާ” ގައި ވާހަކަ ދައްކަވަމުން އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވީ ބޭރުގެ ކޮންޓްރެކްޓަރުން ދައުލަތުގެ ވަކި ކަހަލަ ޕްރޮޖެކްޓްތަކާއި ހަވާލު ކުރާއިރު ދިވެހި ކޮންޓްރެކްޓަރަކާއެކު ޖޮއިންޓް ވެންޗާ އެއްބަސްވުމެއް އޮތުން މަޖުބޫރުކުރަން މަޝްވަރާ ކުރާ ކަމަށެވެ.

މިނިސްޓަރ މިއަދު ވިދާޅުވީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ބޮޑެތި ގޮންޖެހުންތައް ދިމާވެފައިވާ ކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އާ މަޝްވަރާކޮށްފައިވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކަށްވެސް ގިނަ ކަންތައްތައް ކުރަން ޖެހިފައިވާ ކަމަށާއި އެންމެ ބޮޑު ގޮންޖެހުމަކީ މީހުން ނުލިބުން ކަމަށެވެ.