English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހުޅުމާލޭގައި އަޅަން ފެށި ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު 7000ރ. އަށް ވުރެ ކުޑަވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ހިޔާ މަޝްރޫއުގެ އަގު ސަރުކާރުން ވައުދުވެފައިވާ ގޮތަށް ހިފަހައްޓައި ދެއްވާނެކަމަށާއި ސީދާ އެމިންވަރު ހަނދާންނެތް ނަމަވެސް 7000 ރުފިޔާއަށްވުރެ ފްލެޓްގެ ކުލި ދައްވާނެކަމަށެވެ.

ފްލެޓުތަކުގެ ކުއްޔަށް އެވްރެޖުކޮށް 11،000 ރުފިޔާ އަރާނެކަމަށް ތަކުރާރުކޮށް މި ސަރުކާރުން ބުނެފައިވާއިރު މިއަދު އަސްލަމް ވިދާޅުވީ ފިނިޝިން އާއި ނުލާ 11،000ރުފިޔާ ފްލެޓް ކުއްޏަށް އަރާ ކަމަށް ބުނި ނަމަވެސް، އެއީ ފްލެޓުތައް ލިބޭ މީހުން ދައްކަން ޖެހޭ އަގު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ،

ހިޔާ ފްލެޓްތައް ހުރީ މި ސަރުކާރުން ފްލެޓް އަޅަން ނިންމާ ފެންވަރަށް ވުރެ ދަށް ފެންވަރެއްގައިކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ ފްލެޓްތަކުގައި ނުނިމި ހުރި މަސައްކަތްތައް ނިންމަން އަށް މަސް ދުވަސް ބޭނުންވާކަމަށެވެ.