English Edition
Dhivehi Edition

އައްޑޫސިޓީގެ މަރަދޫ އަވަށުގެ ދެ ބިމެއް ކުއްޔަށް ދިނުމަށް ނިންމާ، ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާންގައި ބުނީ ތައުޒަންބީސީ” ރެސްޓޯރަންޓުގެ އިރުދެކުނު ގައިވާ 20×100ފޫޓުގެ ބިން ކެފޭ، ހޮޓާ، ރެސްޓޯރެންޓް ހިންގުމަށް ނުވަތަ ޕޭސްޓްރީ ވިޔަފާރި ކުރުމަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އާންމު ވިޔަފާރި ކުރުމަށް ލޯކަލް މާރުކޭޓު”ޢިމާރާތުގެ ހުޅަނގުއުތުރު ގައިވާ 50×40 ފޫޓުގެ ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 22 އޮގަސްޓް 2019 އިން 12 ސެޕްޓެމްބަރ ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން 13:00އަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އާއި މަރަދޫ އަވަށު އޮފީހުގައި ކަމަށް ކައުންސިލުންވަނީ ބުނެފައެވެ. މީގެ އިތުރުން އެ އިދާރާއިން ބުނީ ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ) ކަމަށާއި ބިޑް ބަލައިގަތުން އޮންނާނީ 16 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހު 11:00ގައި ކައުންސިލްގެ އިދާރާގައިކަމަށެވެ.

މިދިޔަ ޖުލައި މަހު މަރަދޫ އަވަށުން ދިރިއުޅުމަށްޓަކައި 1500 އަކަފޫޓްގެ 30 ގޯތި ދޫކުރުމަށްވެސް އައްޑޫ ސިޓީ ކައުންސިލުންވަނީ އިއުލާންކޮށްފައެވެ

ޓެގު