އައްޑޫ އީދި ސަމާގައި ކުރިއަށް ގެންދިޔަ ހަރަކާތްތަެއްގެ ތެރެއިން: ފޮޓޯ އައްޑޫފްރެންޑްސް
އައްޑޫ ފްރެންޑްސްއާއި ސްކީމްގެ ކުޑަކުދިންގެ ހަވީރު މިއަދު ހިތަދޫގައި
3 މަސް ކުރިން
ޙަސަން ޙުސެއިން

“އައްޑޫ އީދި ސަމާ 1440” ގެ ނަމުގައި އައްޑޫގައި ކުރިއަށް ގެންދާ އީދު ހަރަކާތްތަކުގެ ތެރެއިން  މިއަދު ހަވީރު ހިތަދޫގައި “ދުންމާރި ޝޯ” ގެ ނަމުގައި ބާއްވާ ކުޑަކުދިންގެ ހަވީރު އޮންނާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

މި ހަވީރުގައި ހިތަދޫގެ ސްކޫލްތަކާއި އަދި އައްޑޫ ފްރެންޑްސް އިން ގެނެސްދޭ ޝޯ ގެ އިތުރުން ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ސަގާފީ ކުޅިވަރުތައް ވެސް ކުރިއަށް ގެންދާނެއެވެ.

Advt

Advertisement

ހިތަދޫ ސްޓޭޖް ސަރަހައްދުގައި ކުރިއަށް ގެންދާ މި ހަވީރު އޮންނާނީ ހަވީރު 4:00 އިން ފެށިގެން 6:00 އަށެވެ. މި ހަވީރުގައި ބައިވެރިވާ  ކޮންމެ ފަރާތަކަށް ކޫޕަނެއް ދެވޭއިރު ގުރުއަތުން ހޮވޭ  5 ފަރާތެއް ހޮވައި އިނާމު ދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

އަޟްޙާ އީދާ ގުޅިގެން އައްޑޫސިޓީ ކައުންސިލާއި އައްޑޫގެ ޖަމިއްޔާ ޖަމާއަތް ތަކާ ގުޅިގެން  ތަފާތު ގިނަ ހަރަކާތްތަކެއް އައްޑޫގެ ހުރިހާ އަވަށެއްގައި ކުރިއަށް ދަނީ ގެންދަމުންނެވެ.