ފޭދޫ ޕޯސްޓް އޮފީސް ފަޅާލައިފި
5 މަސް ކުރިން
އަޙްމަދު

އައްޑޫ ސިޓީ ފޭދޫ ޕޯސްޓް އޮފީސް ފަޅާލައި އެތަނުން ބައެއް ސާމާނު ވަގަށް ގެންގޮސްފިއެވެ.

Advt

މިއަދު ހެދުނު 09:00 ހާއިރު އައްޑޫ ސިޓީ ފޭދޫ ޕޯސްޓް އޮފީސް ފަޅާލައި އެތަނުން ވައްކަން ކުރިކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advt

Advertisement

ފުލުހުން ބުނެފައިވަނީ  ފޭދޫ ޕޯސްޓް އޮފީސް ފަޅާލައި އެތަނުން 2 ސީޕީޔޫއާއި ޕްރިންޓަރެއްގެ އިތުރުން ސްކޭނަރެއް ވަގަށްނަގާފައިވާ ކަަމަށެވެ.  އަދި މިމައްސަލަ ތަޙުޤީގުކަރަމުންދާކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، މިމައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރިކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

އީދު ބަންދާ ދިމާކޮށް ވައްކަން ކުރުން ގިނަ ވެފައިވާ ކަމަށާއި އެހެންކަމުން އެފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.