އެއާޕޯޓުގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި
4 މަސް ކުރިން
އަޙްމަދު

ދިވެހި އުފެއްދުންތަކަށް ޚާއްސަކޮށްގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުޅުވުމަށް ހަމަޖެހިފައިވާ ސުވެނިއާ ޑިއުޓީ ފްރީ ފިހާރައިގައި ދިވެހި އުފެއްދުންތައް ވިއްކަން ކުދި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.

ބީސީސީން ބުނީ މިއީ ދިވެހި އަތްތެރި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި ކުރާ ކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމުވެ، ދިވެހި ވިޔަފާރިވެރިންގެ މިފަދަ ތަކެތި ރާއްޖޭގެ އިތުރުން ރާއްޖެ އިން ބޭރަށް އިޝްތިހާރު ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

Advt

Advertisement

މިތަނުގައި ތަފާތު ހަތް ދާއިރާއެއްގެ ދިވެހި އުފެއްދުންތައް ވިއްކަން ބެހެއްޓުމުގެ ފުރުސަތު ލިބޭއިރު މި ތަކެތި ހުންނަން ޖެހޭނީ ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކަނޑައަޅާ ފެންވަރެއްގައެވެ.  ސުވެނިއަރ ފިހާރައިގައި ބެހެއްޓޭނެ ތަކެތީގެ ތެރޭގައި ދިވެހި ހެދުން، ދިވެހި ކެއުން، ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ސާމާނު، ކުރެހުން އަދި ގަހަނާ ހިމެނެ އެވެ.

ބީސީސީން ބުނީ ޑިއުޓީ ފްރީ ފިހާރައިގައި ދިވެހި އުފެއްދުންތައް ވިއްކަން ޝައުގުވެރިވާ ފަރާތްތަކުން 3 ސެޕްޓެމްބަރުގެ 15:00 ގެ ކުރިން މިކަމަށް އެދި ޕްރޮޕޯސަލާއި އެހެނިހެން ލިޔެކިއުންތައް ހުށަހަޅަން ޖެހޭ ކަމަށެވެ.