English Edition
Dhivehi Edition

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައި ކޮޅިގަނޑެއްގައި، ގއ.އަތޮޅުގައި ހިންގާ ރޮބިންސަން ކްލަބް މޯލްޑިވްސް ރިސޯޓު ފަޅުތެރޭ އަޅާފައި އޮތް “ނޫރު” ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ގެއްލިގެން އެމްއެންޑީއެފް ސަދަން އޭރިއާއިންހަރަކާތްތެރިވަމުން ދަނިކޮށް އެދޯނިފެނިއްޖެކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ،

މި ދޯނި ފެނިފައިިވަނީ “ހިރަފުށި” ނަމަކަށް ކިޔާ ރަށެއްގެ ކައިރީގައި އޮއްވާ ރޮބިންސަންގެ ލޯންޗަަކަށެވެ.

މި ހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 07:10 ގައެވެ. އަދި އެވަގުތުން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ އެ ދޯނި ހޯދުމުގެ މަސައްކަތްކޮށްފައެވެ.

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ދުވަސް ވަރަކަށް ވެފައި، އަދި މޫސުމާއި ބެހޭ އިދާރާއިން ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރާތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވަވާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތައް އަންނަނީ ހިނގަމުންކަމަށާއި މިގޮތުން ގިނަ އަދަދެއްގެ އުޅަނދު ފަހަރު ފަރަށް އެރުމާއި، އުޅަނދު ފަހަރު ދިޔަވެ އަޑިއަށް ދިއުމާއި އަދި ނަގިލި ކަހައިލައިގެން އުޅަނދު ފަހަރު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ އެމްއާރުސީސީއަށް ވަނީ ރިޕޯރޓްކޮށްފައި ކަަމަށް އެމްއެންޑީއެފުން ބުނެއެވެ.