އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް މާލޭގައި ބޭއްވި 22ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އައްޑޫސިޓީ ޝަރަފުއްދީން ސްކޫލުން ވަނީ ރަން ވަނަތަކެއް ހޯދާފައެވެ.
މި މުބާރާތުގެ އަންހެން ގޮފިން 17 އަހަރުން ދަށުގެ އުމުރުފުރާއިނާއި 15 އަހަރުން ދަށުގެއުމުރުފުރާއިން ޗެންޕިއަންކަން ހޯދީ ޝަރަފުއްދީން ސްކޫލެވެ. އަދި 15 އަހަރުން ދަށުގެ އަންހެން ގޮފިން އެންމެ މޮޅު އެތްލީޓަކަށްވެސް ހޮވުނީ ޝަރަފުއްދީން ސްކޫލްގެ ޙައްވާ މުޒްނާ ފާއިޒެވެ.
15 އަހަރުން ދަށުގެ އެއްވަނަ އަންހެން އެތްލީޓަކަށް މުޒްނާ ހޮވުނީ މުބާރާތުގައި އޭނާ ބައިވެރިވި 2 އިވެންޓުންވެސް ރަން މެޑަލް ހާޞިލުކޮށްގެންނެވެ.
15 އަހަރުން ދަށުގެ އަންހެންގޮފީގެ މިޑްލޭ ރިލޭ ރޭހުން 1ވަނަ ހޯދި ޝަރަފުއްދީން ސްކޫލްގެ ޝައިމް، ޖަޒުލާ، ނުބްލާ އަދި މުޒްނާ ވަނީ އުމުރުފުރާގެ އަންހެން ގޮފީގެ މިޑްލޭ ރިލޭއިން ގައުމީ ރިކޯޑުވެސް އައު ކޮށްފައެވެ.
މުބާރަތުން ޝަރަފުއްދީން ސްކޫލުގެ ވަކިވަކި ދަރިވަރުން ހޯދި ވަނަ ތައް:
މުބާރަތުން ޝަރަފުއްދީން ސްކޫލުގެ ޓީމް އިވެންޓުތަކުން ހޯދި ވަނަ ތައް:
17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 4X200 ރިލޭ ރޭހުން 3ވަނަ
17 އަހަރުން ދަށުގެ އަންހެން ކުދިންގެ 4X100 ރިލޭ ރޭހުން 1ވަނަ
17 އަހަރުން ދަށުގެ އަންހެން ކުދިންގެ 4X200 ރިލޭ ރޭހުން 2ވަނަ
15 އަހަރުން ދަށުގެ އަންހެން ކުދިންގެ 4X100 ރިލޭ ރޭހުން 1ވަނަ
15 އަހަރުން ދަށުގެ އަންހެން ކުދިންގެ މިޑްލޭ ރިލޭ ރޭހުން 1ވަނަ.
ނިމިގެންދިޔަ މި މުބާރާތުގެ އެހެން ވަނަތަކަށް ބަލައިލާ އިރު، 15 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަމާއި 17 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަމާއި 15 އަހަރުން ދަށުގެ އަންހެން ރަނަރަޕް ކަމާއި 19 އަހަރުން ދަށުގެ ފިރިހެން ރަނަރަޕްކަން ހޯދީ ގދ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ.
19 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަމާއި 19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ.
13 އަހަރުން ދަށުގެ ފިރިހެން ގޮފިން ޗެމްޕިއަންކަން އަބޫބަކުރު ސްކޫލުން ހޯދިއިރު 13 އަހަރުން ދަށުގެ އަންހެން ގޮފިން ޗެމްޕިއަންކަން ހޯދީ ހދ. އަތޮޅު ތައުލީމީ މަރުކަޒެވެ. 13އަދި އަހަރުން ދަށުގެ އަންހެން ރަނަރަޕްކަން ހޯދީ ތިނަދޫ ސްކޫލެވެ.
މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ އައްޑޫ ހައި ސްކޫލުގެ އައިޝަތު ހިމްނާ ހަސަނެވެ. 19 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ހަސަން އަލީފް އިބްރާހީމެވެ.
17 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ވެސް އަދި މުބާރާތުގެ އެންމެ ބާރު ދުވުންތެރިޔަކަށްވެސް ހޮވިފައިވަނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިބްރާހިމް ރާފިލް ވާފިރެވެ. 17 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ޖަލާލުއްދީން ސްކޫލުގެ ރިފާ މުހައްމަދު ހޮވުނު އިރު 15 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ އަމީނިއްޔާ ސްކޫލުގެ ނާއިހް އިލްޔާސް އަހުމަދެވެ.
މުބާރާތުގައި އައްޑޫސިޓީއިން ބައިވެރިވި އެކި ސްކޫލް ތަކުންވެސް ތަފާތު ވަނަތައް ހޯދާފައިވެއެވެ. އައްޑޫ ސްކޫލުތަކުގެ ތެރެއިން މި މުބާރާތުން އެންމެ ގިނަ ވަނަތައް ހާޞިލުކޮށްފައިވަނީ ޝަރަފުއްދީން ސްކޫލެވެ. ވުމާއެކު މިއީ ޝަރަފުއްދީން ސްކޫލުން އައްޑުއަށް ހޯދައިދިން ފަޚްރުވެރި ކާމިޔާބީއެކެވެ.