English Edition
Dhivehi Edition

މިނިވަންކަޕް 2019 ގައި މިއަދު ކުޅުނު މެޗު ފަހަތުން އަރާ ކެނެރީފް ބަލިކޮށް ގައުމު އެފްސީ އިން މެޗު ކާމިޔާބުކޮށްފިއެވެ.

މިއަދު ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗު ގައުމު އެފްސީ އިން ކާމިޔާބުކުރީ 7 ލަނޑު 3 ލަނޑުންނެވެ. މި މެޗުގެ ފުރަތަމަ ހާފްގެ ދިހަ ވަނަ މިނިޓްގައި ކެނެރީފް ޓިމްގެ މުހައްމަދު ރަފާހް އަބްދުﷲ ލަނޑެއް ޖަހާފައިވާއިރު އެ ޓީމުން ކާމިޔާބުކުރި ދެ ވަނަ ލަނޑުވެސް ކާމިޔާބުކޮށް ދިނީ ރަފާހްއެވެ. ކެނެރީފް އިން މެޗުގެ ލީޑް ނެގުމާއެކު ގައުމު އެފްސީ އިންވަނީ އެ ޓީމްގެ ކުޅުން ވަރުގަދަކޮށްފައެވެ. މި ގޮތުން މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ އެ ޓީމްގެ ވިޝަލް އާއި ހަސަން އަބްދުލް ސަމަދު ޖެހި ގޯލާއެކު ނަތީޖާ އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފްގައި ގައުމު އެފްސީ އިން މޮޅު ކުޅުމެއް ކުޅެފައިވާއިރު އެ ޓީމުންވަނީ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާފައެވެ. މި ގޮތުން ދެވަނަ ހާފްގައި ވިޝަލް އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފައިވާއިރު ސޯބާވެސް ވަނީ އިތުރު ގޯލެއް ޖަހާ މެޗުގެ ލީޑް ފުޅާކޮށްފައެވެ. ކެނެރީފް އިން މެޗުގެ ނަތީޖާ ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް ގައުމު އެފްސީ ގެ ހަސަން އަބްދުލް ސަމަދު އާއި އަކްރަމް އަބްދުލް ރަޝީދު ޖެހި ލަނޑާއެކު އެ ޓީމުންވަނީ މެޗުގެ ލީޑް ފުޅާކޮށް ހަމަޖެހިލާފައެވެ. މި މެޗުގައި ކެނެރީފް އަށް ޝާޝް ޝަރީފް ކާމިޔާބުކޮށް ދިން ތިންވަނަ ލަނޑާއެކު މެޗު ނިމިގެންދިޔައީ ކެނެރީފް އަށް ނަތީޖާ ބަދަލުކޮށްލާނެ އިތުރު ފުރުސަތެއް ނުލިބިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުޅު މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ގައުމު އެފްސީގެ ހަސަން އަބްދުލް ސަމަދު އެވެ.