English Edition
Dhivehi Edition

މިނިވަން ކަޕް 2019 ގައި މިރޭ ކެނެރީފް އާއި ވައިކިންގްސް ބައްދަލުކުރި މެޗު 4 ލަނޑު 3 ލަނޑުން ކެނެރީފް އިން ކާމިޔާބުކޮށްފިއެވެ.

މި މެޗުގެ ފުރަތަމަ ހާފްގެ ފުރަތަމަ މިނިޓްގައި ވައިކިންގްސް ގެ އައިހަމް ޖެހި ގޯލާއެކު މެޗުގެ ފޯރި ގަދަވެފައިވަނިކޮށް އެ ޓީމްގެ ލީވާން އަށް ހެދުނު ގޯހެއްގެ ސަބަބުން ބައި ކޮޅަށް ވަން ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ އެއްވަރުވެފައެވެ. ދެ ޓީމުންވެސް މެޗުގެ ލީޑް ނެގުމަށް ގިނަ ހަމަލާތައް އުފައްދާފައިވާއިރު ކެނެރީފްގެ ދެވަނަ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ މުހައްމަދު ރަފާހް އަބްދުﷲ އެވެ. ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ވައިކިންގްސް އިން ޖެހި ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލީވާން އެވެ.

ދެ ޓީމުންވެސް މެޗުގެ ލީޑް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު ކެނެރީފް ޓީމްގެ އިންޓޭ އަދި އައިކް ޖެހި ގޯލާއެކު އެ ޓީމުންވަނީ މެޗުގެ ލީޑް ފުޅާކޮށް ހަމަޖެހިލާފައެވެ. ވައި ކިންގްސްއިން ޖެހި ތިންވަނަ ލަނޑު އެ ޓީމަށް ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކޮށްދިނީ އައިހަމްއެވެ.

މި މެޗުން ބަލިވުމާއެކު މުބާރާތުގައި ކުޅުނު ދެ މެޗުން ވައިކިންގްސް ވަނީ ބަލިވެފައެވެ.މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކެނެރީފްގެ މުހައްމަދު ރަފާހްއެވެ.

މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގައުމު އެފްސީ އާއި ކެނެރީފްއެވެ. މާދަމާރޭ އޮންނަ ފުރަތަމަ މެޗުގައި ވައި ކިންގްސް އާއި ރިއަލް އޭޓީ ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ޒެލޯން އާއި ރިސޯޓް ބޯއިސްއެވެ.