English Edition
Dhivehi Edition

މިނިވަންކަޕް 2019 ގައި އެމްޑީއެފް އާއި ޒެލޯން އެފްސީ ބައްދަލުކުރި މެޗު 6 ލަނޑު 5 ލަނޑުން އެމްއެންޑީއެފް އިން ކާމިޔާބުކޮށްފިއެވެ.

މިރޭ ހުޅުދޫ ފުޓްސަލް ދަނޑުގައި ކުރިއަށް ދިޔަ މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ ފުރަތަމަ ހާފްގައި އެމްއެންޑީއެފް އިންވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނާއިފް ސައީދުއެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެ ޓީމަށްވެސް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މެޗުގެ ދެ ވަނަ ހާފްގައި ދެ ޓީމުންވެސް އެޓޭކިން ގޭމެއް ކުޅެފައިވާއިރު ޒެލޯން އެފްސީގެ އަހްމަދު އަޒްމީލް ދެ ލަނޑު ޖަހާފައިވާއިރު އެ ޓީމްގެ އަހްމަދު ޒައުލް ނާޒިމް ވަނީ ތިން ލަނޑު ކާމިޔާބުކޮށްދީފައެވެ.

އެމްއެންޑީއެފް އިން މެޗުގެ ދެވަނަ ހާފްގައި އެމްެއެންޑީއެފްގެ ހުސައިން ޒިޔާންވަނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން އެ ޓީމްގެ މުހައްމަދު އަހްމަދު އާއި އިބްރާހީމް ހާނީ އަހްމަދު، ކޮންމެ ކުޅުންތެރިއަކަށް އެއް ގޯލު ކާމިޔާބުކޮށްދީފައިވާއިރު އެ ޓީމަށް ލިބުނު ޕެނެލްޓީއެއް ކާމިޔާބުކޮށް ނާއިފްވެސްވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްދީފައެވެ.

މިރޭ ގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްއެންޑީއެފްގެ މުހައްމަދު އަހްމަދުއެވެ.