English Edition
Dhivehi Edition

މިނިވަންކަޕް 2019 ގައި މިއަދު ކުޅުނު ފުރަތަމަ މެޗު ކެނެރީފް ޓީމް އާއި ބައްދަލުކޮށް ރިއަލް އޭޓީ އިން ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ހުޅުދޫ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދިޔަ މި މެޗު ރިއަލް އޭޓީއިން ކާމިޔާބުކުރީ 4 ލަނޑު 2 ލަނޑުންނެވެ. މިއަދުގެ މެޗުގައި ދެ ޓީމްގެ ފަރާތުންވެސް ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ މުހައްމަދު ދާނިޝް އިބްރާހީމް ޖެހި ގޯލާއެކު، ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުކުރާނެ ފުރުސަތެއް ނުލިބިއެވެ.

މެޗުގެ ދެވަނަ ހާފްގައި ދެ ޓީމުން ވެސް މެޗުގެ ކުޅުން ރަގަޅުކޮށްފައިވާއިރު މެޗުގެ ބާވީސް ވަނަ މިނިޓްގައި އައިކްވަނީ ކެނެރީފް އަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ ތޭވީސް ވަނަ މިނިޓްގައި އިންޝްލް(އިންޓޭ) ޖެހި ލަނޑާއެކު ކެނެރީފް އިން ލީޑް ނަގާފައިވާއިރު އޭޓީ އިންވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް މަސައްކަތްކޮށްފައެވެ.މި ގޮތުން މެޗުގެ ސައުވީސްވަނަ މިނިޓްގައި ރަމީޒް ގެ ގޯލާއެކު ދެ ޓީމު އެއްވަރުވެފައިވާއިރު މެޗުގެ އަށާވީސްވަނަ މިނިޓްގައި ސިޔާމް ނަގައިދިން ހުރަސް ގޯލަށް އަމާޒުކޮށް ދާނިޝްވަނީ މެޗުގެ ލީޑް ނަގާފައެވެ.

ދެ ޓީމުން ވެސް މެޗުގައި ލީޑް ފުޅާކުރުމަށް ގިނަ ހަމަލާތައް ފޮނުވާލާފައިވާއިރު މެޗުގެ އެންމެ ފަހު ވަގުތު އޭޓީގެ އިނާން ޖަހައިދިން ގޯލާއެކު މެޗު ނިމިގެންދިޔައީ ކެނެރީފްއަށް ނަތީޖާ ބަދަލުކޮށްލާނެ ފުރުސަތެއް ނުލިބިއެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޭޓީ އަށް މެޗުގައި 2 ލަނޑު ކާމިޔާބުކޮށްދިން ދާނިޝްއެވެ.