English Edition
Dhivehi Edition

ފެނަކީ އިިންސާނާގެ ހަށިގަނޑަށް ބޭނުންވާ އެންމެ މުހިންމު އެއްމާއްދާއެވެ. ބޮޑުމީހެއްގެ ހަށިގަނޑަށް އެވްރެޖްކޮށް %60 ފެން ބޭނުންވެއެވެ. ފެނަކީ ހަށިހަނޑުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗަކަށްވާއިރު އޭގެން ހަށިގަނޑުގައި ހުންނަ ވިހަމާއްދާތައް ބޭރުކޮށްދީ މީހާ ހައިޑްރޭޓް ކޮށްދެއެވެ. ކޮންމެ ދުވަހަކު 8 ތަށިފެންބުއިމަށް އަބަދުވެސް އިލްތިމާސް ކުރަމުންދާއިރު ބޯންވީ ކޮންފެނެއްކަމެއް އެއްވެސް މީހަކު ނުބުނެއެވެ. އެހެންނަމަވެސް އަޅުގަނޑުމެން އެންމެނައް އެނގޭ އެއް ހަގީގަތަކީ ފިނިފެނަކީ ހަށިގަނޑަށް އެހާފައިދާ ހުރިއެއްޗެއްނޫންކަމެވެ. ސިއްޙީ ބައެއް މާހިރުން ބުނާގޮތުގައި ފިނިފެން ބުއިމުން ޓޮންސިލް މައްސަލަޖެހުމާއި ދަތްހަލާކު ވުނުން ފަދަކަންތައް ތަކާކުރިމަތިލާން ޖެހެއެވެ. ނިއުޓްރިޝަނިސްޓުން ބުނާގޮތުގައި ހޫނުފެނަކީ ހަށިގަނޑަށް ކިހާވަރެއްގެ ފައިދާއެއް ހުރިއެއްޗެއް ކަން އެނގޭނަމަ އެއްވެސް މީހަކު ފިނިފެން ނުބޯނެއެެވެ. ތިރީގައި މިވަނީ ހޫނުފެން ބުއިމުން ހަށިގަނޑަށް ލިބިދޭފައިދާތަކެވެ.

ބަރުދަން ލުއިވުން:

ބަރުދަން ލުއިކުރުމަށް ބޭނުންނަމަ ބޯންވީ ހޫނުކަން ހުންނަ ފެނެވެ. ހެނދުނު ހޭލައިގެން އައިސް އެންމެ ފުރަތަމަ ބޯންވީ ހޫނެފެންތައްޓެކެވެ. ސަބަކީ އެގަޑިއަކީ މެޓަބޮލިޒަމް އިތުރުކޮށްދޭ ގަޑިއަށްވެފައި އެގަޑީގައި ހީނުފެން ބުއިމުން ސަރުބީތައް ވިރުވާލަދޭނެތީއެވެ. އަދި ހޫނުފެން ހުސްގޮހޮރާހުރެ ބޯލުމުން ގިހޮރުސާފުކޮށްދޭނެއެވެ.

ހަޖަމުގެ ނިޒާމް:

ހޫނުފެން ބުއިމުން ގޮޮހޮރުގައި ޖަހަމްނުވެ ހުންނަ ކާނާ އަވަހަށް ހަޖަމްކޮށްދެއެވެ. އަދި ކާނާއިން ލިބޭ ފައިދާ ތައް އަވަހަށް ހަށިގަނޑަށް ވާސިލް ކޮށްދެއެވެ. މީގެ އިތުރުން ގޮހޮރުސާފުކޮށްދީ ގޮހޮރަށް ދިމާވާ އެކިއެކި އުނދަގޫތަކުން ސަލާމަތްކޮށްދެއެވެ.

ބަނޑުހަރުވުމާއި ދުރުކޮށްދޭ:

ހޫނުފެންބުއިމުން ކާނާ އަވަހަށް ޖަހަމްކޮށްދީ ބޮޑުކަމު ދާންފަސޭހަ ވެއެވެ. އެހެންކަމުން ބަނޑުހަރުވާމީހުންނަށް ބޯން އެންމެރަނގަޅުފެނަކީ ހޫނުފެނެވެ. މިގޮތަށް ހޫނުފެން ބޯން އާދަކުރާއިރު ބަނޑުހަރުވާ މީހުން ހެނދުނު ތެދުވެ އެންމެފުރަތަމަ ހޫނުފެންތަށްޓެއް ބުއިން އެދެވިިގެން ވެއެވެ.

ކަރުތެރެ އާއި ނޭފަތް ބެދޭނަމަ:

ކެއްސާގައިގައި ރިއްސާތަ؟ އަދި ކަރުތެރެއާއި ނޭފަތް ބެދި އަރިދަފުސް ރޯނގާ ޖެހިފައި ހުރިނަމަ އާދަކޮށް ހޫނުފެން ބޯށެވެ. މިތިންކަންތަކަށް ވެސް އެންމެ ރަނގަޅީ ހޫނުފެނެވެ.

ހަށިގަނޑުގައި ހުންނަ ވިހަބޭރު ކުރުމަށް:

ހޫނުފެން ބުއިމުން ދާހިއްލާނެއެވެ. އެހެންނަމަވެސް ހަށިގަނޑުން ބޭރު އެވާ ދަލަކީ ހޫނުފެން ބުއިމުން ހަށިގަނޑުން ބޭރުކޮށްލާ ވިހައެވެ. އަދި ލެގައިހުންނަ ވިހަވެސް ބޭރުކޮށްދިނުމަށް ހޫނުފެން އެހީވެދެއެވެ.

ހަށިގަނޑުގެ ލޭދައުރުވުން އަދި މައްސަރުކަންތަކަށް:

ހޫނުފެނުން ނާވަސް ސިސްޓަމްގައި ހުންނަ ފެޓްސް ވިރުވާލަދީ ނާރުތަކުން ރަނގަޅަށް ލޭދައުރުކޮށް ދެއެވެ. މީގއިތުރުން ސްޓްރެސް ވުމާއި މެންޓަލް ހެލްތް ރަނގަޅުކޮށްދެއެވެ. މައްސަރުކަންތައް ދިމާވުމުން ބަނޑުގައި ރިއްސާތީ ހޮޓްވޯޓަރ ބޭގް ބޭނުންކުރެއެވެ. ހަމަ އެފަދައިން ހޫނުފެން ބުއިމުން ބަނޑުގައި ރިހުމާއި ލޭބޭރުކޮށް ދިނުމަށް އެހީވެދެއެވެ.