English Edition
Dhivehi Edition

އައްޑޫގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ނަމަކަށް “އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް” ކިޔުމަށް އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

ކައުންސިލުން ހޮސްޕިޓަލަށް ކިއުމަށް ތިން ނަމެއް ނިންމައި އާންމުންގެ ޚިޔާލަށް ހުށަހެޅީ މިދިޔަ ޖޫން މަހުގައެވެ. . އެއީ ، އިކްއެޓޯރިއަލް އައްޑޫ ހޮސްޕިޓަލް، ސްވާދީބް ހޮސްޕިޓަލް އަދި އައްޑޫ ހޮސްޕިޓަލްއެވެ.

“އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް” މިނަމަކީ އާ ހޮސްޕިޓަަލަށް ކިޔާނެ ތިން ނަމަކަށް ހިޔާލު ހޯދަން ކައުންސިލުން ހުޅުވާލުމުން ގިނަ ބަޔަކަށް އެންމެ ކަމުދިޔަ ނަމެވެ.

އައްޑޫ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ތަރައްޤީ ކުރެވެމުންދާ ހޮސްޕިޓަލަކީ، ރައީސް ޔާމީނުގެ ސަރުކާރުން ތަރައްޤީ ކުަރަންފައްޓަވާ ފައިވާ ހޮސްޕިޓަލެކެވެ. ބޮޑެތި މަރާމާތު ތަކަކާއި އެކު މަރާމާތު ކުރެވޭ މި ހޮސްޕިޓަލުގައި ޒަމާނީ ފެންވަރުގެ މެޝިނަރީސް ބޭނުން ކޮށްގެން ޚިދުމަތް ދެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ހާމަ ކޮށްފައި ވެއެވެ.

ހޮސްޕިޓަލުގެ ނަން ފާސްކޮށްފައިވާއިރު އިކުއަޓޯރިއަލް ނިސްބަތް ވަނީ 17 ވަނަ ސާކު ސަމިޓަށް އިމާރާތް ކުރި އަދި މިހާރު ހޮސްޕިޓަލަކަށް ބަދަލުކުރަމުން އަންނަ އައްޑޫ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަށެވެ. މި ތަން ހުޅުވުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.