މިއަންނަ މަހުގައި ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަން ނިންމަވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން ތަންފީޒު ކުރަމުންދާ ބަޖެޓަކީ ރައީސް ޔާމީންގެ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބަޖެޓެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މީގެ ސަބަބުން މި ސަރުކާރުގެ ބައެއް ކަންކަން ތަންފީޒު ކުރަން ވަރަށް ދަތިވާކަމަށެވެ. އަދި ސަޕްލިމަންޓްނުކޮށް ބަޖެޓް ކުރިއަށް ގެންދިޔުމަށް އުނދަގޫވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ އޮގަސްޓު މަހު މަޖިލީހަށް ބަޖެޓް ފޮނުވުމުގެ ކުރިން ސަޕްލިމެންޓްރީ ބަޖެޓުގެ ތަފްސީލު އާންމުކުރައްވާނެ ކަމަށެވެ.
މިނިސްޓަރ މިހެން ވިދާޅުވިއިރު މި ސަރުކާރު ވެރިކަމާއި ހަވާލުވުމުގެ ކުރިންވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅުމަށް ނިންމާފައިވެއެވެ.
މިއަހަރަށް މަޖިލީހުން ވަނީ ހަތަރު ބިލިއަން ރުފިޔާގެ ޑެފިސިޓް އާއި އެކު 30.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ.