Expenditure Policy Consultant eh hoadhanee e maqaamugai huri faraaiy vakivaathee: Ameer - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު - ފޮޓޯ: ފަޔާޒު މޫސާ (ސަން)

އެކްސްޕެންޑިޗަރ ޕޮލިސީ ކޮންސަލްޓަންޓަކު ހޯދަން އިއުލާންކުރީ އެ މަޤާމުގައި ހުރި ފަރާތް ވަކިވާތީ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މިނިސްޓަރ އަމީރު ވިދާޅުވެފައި ވަނީ އެކްސްޕެންޑިޗަރ ޕޮލިސީ ކޮންސަލްޓަންޓެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފައިވަނީ މިހާރު އެ މަޤާމުގައި ހުރި ފަރާތް ވަކިވާތީ ކަމަށާއި، އެއީ އިތުރު ޚަރަދެއް ނޫން ކަމަށާއި އަދި އެއީ ބަޖެޓު ކޮށްފައިވާ ޚަރަދެއް ކަމަށެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ އެއީ ޚަރަދާއި ބެހޭ ސިޔާސަތުތައް ދިރާސާކޮށް އެކުލަވާލައި، އޮފީސްތަކަށް ރިސޯސް ފޯރުކޮށްދީ، ފިސްކަލް ޕޮލިސީ އެކުލަވާލައި ބަޖެޓް ތަންފީޒު ކުރުމުގައި މުހިންމު ދައުރެއް މިހާރުވެސް އަދާކުރަމުން ގެންދާ ފަރާތެއް ކަމަށެވެ.

އެކްސްޕެންޑިޗަރ ޕޮލިސީ ކޮންސަލްޓަންޓަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކުރީ މިދިޔަ ހޯމަ ދުވަހު އެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ އެ މިނިސްޓްރީގެ ފިސްކަލް އެފެއަރޒް ޑިޕާޓްމަންޓުގެ ދަށުން އިކޮނޮމިކް އެންޑް އެކްސްޕެންޑިޗަރ ޕޮލިސީ ޔުނިޓެއް ޤާއިމުކޮށް، އެ ޔުނިޓުގެ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި ކަމާގުޅޭ ދާއިރާއިން ތަޢުލީމު ޙާސިލްކުރައްވާ އަދި ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުންނަށް އެކްސްޕެންޑިޗަރ ޕޮލިސީ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް އެ މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ވަނީ މިހާރު ޝާއިޢުކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 މާރިޗު 3 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން “އެކްސްޕްރެޝަން އޮފް އިންޓަރެސްޓް” މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ފޮނުއްވުމަށް އެދޭ ކަމަށެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ)އާއި ވަޒީފާއަދާކުރިކަމުގެ ލިޔުންތައްވެސް ހުށަހަޅުއްވަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.