English Edition
Dhivehi Edition

މިއަހަރު ރާއްޖެއިން ޙައްޖައްދާ ޙާޖީންނަށް އެހީތެރިވާން ސައުދީ އެމްބަސީގެ ޓީމެއް ޙަރަކާތްތެރިވާނެ ކަމަށް ސައުދީ އަރަބިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފި އެވެ.

ސައުދީ ގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނީ ރާއްޖޭގެ ހާޖީންނަށް އެހީތެރިވުމަށް މައްކާ އާއި ޖިއްދާ އަދި މަދީނާގައި އެމްބަސީގެ ޓީމެއް ޙަރަކާތްތެރިވާނެ ކަމަށެވެ. އެ ޓީމަށް 00966506894477 މި ނަންބަރުން ގުޅޭނެ ކަމަށް އެމްބަސީން ބުންޏެވެ.

މިއަހަރު ރާއްޖެއިން 1,975 މީހުން ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދެއެވެ. ހަ ގުރޫޕަކުން ޙައްޖަށް މީހުން ގެންދިއުމަށް ހަމަޖެހިފައިވާ އިރު އީއެ ވަނީ ޒައީ ގްރޫޕުގެ 84 މީހުން ޙައްޖަށް ދާން ފުރާފައެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދާ ހާ ގުރޫޕަކީ ތަޒްކިޔާ ގްރޫޕާއި ޒައީ ގްރޫޕާއި މިނާ ގްރޫޕާއި ޙަރަމައިން ގްރޫޕާއި އެކްރޯ ގްރޫޕްގެ އިތުރުން ޙައްޖު ކޯޕަރޭޝަނެވެ.

ޓެގު